އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ބައްދަލުވުމަކީ އަޅުކަމަކަށް ހެދިދާނެ!

ކޮންމެ ބައްދަލުވުމަކީ އަޅުކަމަކަށް ހެދިދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ތަފާތު ކަންކަމުގައި އަބަދުވެސް ބައްދަލުވެ އުޅޭ ބައެކެވެ. ވާހަކަ ދައްކައި މަޝްވްރާކުރަމުއެވެ. ޚިޔާލު ބަދަލުކުރަމުއެވެ. 

މިފަދަ ކޮންމެ ބައްދަލުވުމަކީ އަޅުަކަމަކަށް ހެދިދާނެއެވެ. އެއީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ފުރަތަމަ ކަމަކަށް ބައްދަލުވުމާއިއެކު ފުރަތަމަ ކަމަކަށް އިސްލާމް ދީނުގެ ރިވެތި ސަލާމުން ސަލާމްކުރާށެވެ! ވާހަކަދައްކަމުންދާއިރު ފުރުޞަތު ލިބޭ އެންމެ ގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ. އަލްޙަމްދުލިﷲ ފަދަ ބަސްތައް ގިނަގިނައިން ބޭނުންކުރާށެވެ! 

Abu Hurayrah (may Allah be pleased with him) reported that the Messenger of Allah (may Allah's peace and blessings be upon him) said: 

"No people leave a gathering in which they did not remember Allah, the Almighty, except that it will be as if they are leaving the carcass of a donkey, and it will be a cause of regret for them."  

[Sahih/Authentic] - [Abu Dawood]

މިޙަދީޘްފުޅުން އެނގިގެންމިދަނީ އެބައްދަލުވުމެއްގައި ﷲ ތަޢާލާގެމަތިން ހަނދުމަނުކޮށްފިނަމަ އެކަމާއިމެދު ޤިޔާމަތް ދުވަހު ހިތާމަކުރަންޖެހޭނެ ކަމެވެ. ވީމާ ﷲ ތަޢާލާގެމަތިން ހަނދުމަކުރަންޖެހޭނީ ހަަމައެކަނި ބޮޑެތި ބައްދަލުވުންތަކުގައި ކަމަށް ހީނުކުރާށެވެ! ދެމީހެއްގެ މެދުގައި ބައްދަލުވުމެއް ބޭއްވުނު ނަމަވެސް، ދެމީހަކު ބައްދަލުވެ ވާހަކަ ދެއްކުންކަމުގައިވީނަމަވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ﷲ ތަޢާލާ މަތިވެރިކުރާށެވެ! 

އެއިރުން އެބައްދަލުވުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ! އަދި ޤިޔާމަތް ދުވަހު އެމީހަކަށް ފައިދާކުރާނެ ބައްދަލުވުމެއް ކަމުގައި ލައްވަވާނެތެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް