އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑާ ގުޅިގެން ދައުލަަތުން ޚަރަދުކުރިކަމަށްބުނާ ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ފުރިހަމަ އޮޑިޓެއް ކުރަން ޖެހޭ!: ޑރ. ޝަހީމް

ކޮވިޑާ ގުޅިގެން ދައުލަަތުން ޚަރަދުކުރިކަމަށްބުނާ ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ފުރިހަމަ އޮޑިޓެއް ކުރަން ޖެހޭ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ކޮވިޑާއި ގުޅިގެން ދައުލަތުން ޚަރަދު ކުރިކަމަށް ބުނާ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރި ގޮތުގެ ފުރިހަމަ ޝާމިލް އޮޑިޓެއް ކުރުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވެ އެފަދަ އޮޑިޓެއް ކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ. 

ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ރައްޔިތުންގެ ފައިސާއިން ކުރި ބޮޑު ވައްކަމުގެ މައްސަލައިގައި ޑރ.ޝަހީމްގެ އިތުރުން ދީނީ ޢިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ. 

"Dhaulathuge ismagaamu thakugai thibbava beyfulhun visnavan vy kamaky thima men mi thiby v bodu amanathakai havaalu vegen kan. havalu vefaiva masooliyyathai behey gothun suvalu veveyne kan. miee thima men athu jehunu gothakah mudhaaverikan hoadhan libunu furusatheh ves noon kan."

މިއީ މިއަދު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅެކެވެ.

މި ބޮޑު ވައްކަމަކީ ދައުލަތުގެ ބާރުގަދަ އިސް ގިނަ ބައަކު ގުޅިގެން ކޮށްފައިވާ ވައްކަމެއްކަމަށް ޤަބޫލުކުރެވޭ ސަބަބަކީ މި މައްސަލައިގެ ވާހަކަތައް މީޑިއާތަކުން ތަކުރާރުކޮށް ހާމަކުރަމުން އައިއިރުވެސް އެންމެ ފަހުވަގުތާއި ހަމައަށް ވެސް "ޑްރާމާ މަޖިލިސް"ވެސް ނިދާފައި އޮތް ކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު