އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާޒީން ޢިބްރަތް ޙާޞިލުކޮށް މުސްތަޤްބަލް އުޖާލާކުރަން މަސައްކަތް ފަށާށެވެ!: ޑރ. އިޔާޟް

މާޒީން ޢިބްރަތް ޙާޞިލުކޮށް މުސްތަޤްބަލް އުޖާލާކުރަން މަސައްކަތް ފަށާށެވެ!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

"މާޒީން ޢިބްރަތް ޙާޞިލުކޮށް މުސްތަޤްބަލް އުޖާލާކުރަން މަސައްކަތް ފަށާށެވެ!" މިއީ މިރޭ މިފެށުނު ހިޖުރީ އައުއ އަހަރާއިގުޅިގެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވި މެސެޖެވެ. 

ޑރ. އިޔާޟް ވިދާޅުވީ އަހަރުތައް ފާއިތުވަމުން ދަނީ ޢިބްރަތް ޙާޞިލުކުރަން ޖެހޭނެ ވަރަށް ގިނަ ކަންތައްތަކާއިއެކުގައި ކަމަށެވެ. އިސްލާމީ އުންމަތް ކުރިއަރައިދާނީ އަދި އަމިއްލަ ޙަޔާތްވެސް ބާއްޖަވެރިކުރެވޭނީ މާޒީން ޢިބްރަތް ޙާޞިލުކޮށް މުސްތަޤްބަލް އުޖާލާކުރަން މަސައްކަތްކުރުމުން ކަމަށެވެ. 

ހިޖްރީ ކަލަންޑަރުގެ ފެށުން ގުޅިފައިމިވަނީ ﷲ ތައާލާގެ ދީނުގައި ސާބިތުވެ ތިބުމަށާއި އެދީން ކުރިއަރުވަން ބޭނުންވެގެން މުސްލިމުން ކުރި ހިޖުރައާއިއެވެ. ރަސޫލް (ޞޢވ) މައްކާއިން މަދީނާއަށް ކުރެއްވެވި ހިޖުރަ އާއިއެވެ. އެހިޖުރައިގެ ސަބަބުން އިސްލާމީ އުންމަތުގެ ބިންގާ އެޅި އިސްލާމީ ޙަމާރަތެއް ފަށައިގަނެވި ދުނިޔޭގެ ކަންކޮޅުތަކަށް އިސްލާމް ދީނުގެ ނޫރު ފެތުރިގެންދިއައެވެ. 

މި ޙަޤީޤަތްތައް ހާމައަށް އެނގެން ހުރިއިރުވެސް، އަދި ހިޖުރީ އައު އަހަރުގެ މެސެޖުތައް ފޮނުވަމުންގެންދާއިއރުވެސް މާޒީގެ މިކަންކަމުން ޢިބްރަތް ޙާޞިލުކުރެވޭބާވައެވެ! އިސްލާމް ދީން ފަތުރައި ކުރިއަރުވަން ކުރެވެނީ ކޮންކަމެއްބާވައެވެ! އެކަންކަން ނުކުރެވި މުސްތަޤްބަލް އުޖާލާކުރެވިދާނެބާވައެވެ! މިފދަ ކަންކަމަކީ ހަމަ ފުންކޮށް ވިސްނައިލަން ޖެހިފައިވާ ކަންކަން ނޫންތޯއެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް