އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލަންކާގައި މަގުބޫލުކަން ހޯދާފައިވާ އޯޑޮކް ޓެލެމެޑެސިން ޕްލެޓްފޯރމް އާއި އުރީދޫ އިން ޕަރޓްނަރޝިޕް ހަދައިފި!

ލަންކާގައި މަގުބޫލުކަން ހޯދާފައިވާ އޯޑޮކް ޓެލެމެޑެސިން ޕްލެޓްފޯރމް އާއި އުރީދޫ އިން ޕަރޓްނަރޝިޕް ހަދައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 8 ސިކުންތު

އުރީދޫ މޯލްޑިވްސް އާއި ސްރީލަންކާގެ ޓެލެމެޑެސިން ޕްލެޓްފޯރމް، އޯޑޮކްގެ ޕާޓްނަރޝިޕް މިއަދު އިއުލާނުކޮށްފިއެވެ. ސްރީލަންކާ ރައްޔިތުންގެ މަގުބޫލުކަން ހޯދާފައިވާ މި ޕްލެޓްފޯރމް އަކީ ޕޭޝަންޓުންނާއި ޑޮކްޓަރުން، ވީޑިއޯ އަދި އޯޑިއޯ ކޯލް މެދުވެރިކޮށް ގުޅުވާލަދޭ އޮންލައިން ޕްލެޓްފޯރމްއެކެވެ.

މި ޕަރޓްނަރޝިޕް ގާއިމް ކުރެވިފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ޚިދުމަތްތަކާ ދިވެހި ރައްޔިތުން (ރާއްޖޭގައި ތިބެގެން) ގުޅުވާލަދިނުމުގެ މަގްސަދުގައެވެ. މި ޕަރޓްނަރޝިޕްގެ ދަށުން އޯޑޮކް މެދުވެރިކޮށް ޑޮކްޓަރަށް ދައްކާ އުރީދޫ ކަސްޓަމަރުން ބިލް ދެއްކުމަށް ކްރެޑިޓް ނުވަތަ ޑެބިޓް ކާޑް ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރިކަމާއިއެކު ޕޯސްޓްޕެއިޑް ބިލުން ނުވަތަ ޕްރީޕެއިޑް ބެލެންސްއިން އިން ފައިސާ ދައްކާލެވޭނެއެވެ.

"އޯޑޮކް އާއި އެކު ގާއިމްކުރެވުނު ޕަރޓްނަރޝިޕްގެ ދަށުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ޑޮކްޓަރަށް ދައްކަން އިތުރަށް ފަސޭހަވެގެންދާނެ. އޯޑޮކް އަކީ ޕޭޝަންޓުން ގޭގައިތިބެގެންވެސް ޑޮކްޓަރުންނާއި ގުޅުވާލަދީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކާ ގުޅުވާލަދޭ ވަރަށް ފުރިހަމަ ޕްލެޓްފޯރމްއެއް. ދުނިޔެ މިއަދު އޮތް ހާލަތުގައި އޯޑޮކް ފަދަ ޓެލެމެޑިސިން ޕްލެޓްފޯރމްތައް މެދުވެރިކޮށް ލިބޭ ޚިދުމަތްތަކުގެ މުހިންމުކަން މިވަނީ އިތުރުވެފައި. ގޭގައި ތިއްބަވައިގެން ސްރީލަންކާގެ ފުންނާބު އުސް ޑޮކްޓަރުންނާއި އޯޑޮކް މެދުވެރިކޮށް ގުޅާލެވޭއިރު، ދަތުރުގެ ހަރަދު އަދި ލަންކާގައި ތިބުމުގެ ހަރަދު ކުރަންނުޖެހި ހެޔޮ އަގެއްގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބިގެންދިއުމަކީ އަޅަގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

އޯޑޮކް ވަރޗުއަލް ކްލިނިކް މެދުވެރިކޮށް ސްރީލަންކާގެ 450 އަށްވުރެ ގިނަ ޑޮކްޓަރުންގެ ޚިދުމަތް ލިބިގަތުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މީގެ ތެރޭގައި ސްރީލަންކާގެ އަދި ރާއްޖޭގެ، އާންމު ބަލިތަކާބެހޭ ޑޮކްޓަރުން، ކުޑަކުދިންގެ ޑޮކްޓަރުން، ހަމުގެ ޑޮކްޓަރުން، އަންހެނުންގެ ޑޮކްޓަރުން އަދި ނަފްސާނީ ބަލީގެ ޑޮކްޓަރުންވެސް ހިމެނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ޑޮކްޓަރުންވެސް އޯޑޮކް ޕްލެޓްފޯރމް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސްތު ލިބިގެންދާނެއެވެ. އޯޑޮކް ޕްލެޓްފޯރމްގެ ހުރިހާ ޑޮކްޓަރުންނަކީވެސް ޑޮކްޓަރއެއްގެ ގޮތުގައި ރެޖިސްޓަރވެ މަދުވެގެން 5 އަހަރުގެ ތަޖުރިބާހުރި ޑޮކްޓަރުންކަމުގައި އެ ޕްލެޓްފޯރމްއިން ޔަގީންކޮށްދެއެވެ. ޕްލެޓްފޯރމް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމަށްފަހު، ޑޮކްޓަރުގެ ސޮއި އަދި ސްޓޭމްޕާއި އެކު ބޭސް ސިޓީ ފޯނަށް ފޮނުވާލަދެވޭނެއެވެ.

އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ ހޯދުންތަކުން ދައްކާގޮތުގައި ޑޮކްޓަރަށް ދައްކާ %75 ފަހަރު، އެކަމަކީ ވީޑިއޯ ކޯލް ނުވަތަ ފޯންކޯލް މެދުވެރިކޮށް ވެސް ރަނގަޅަށް ފަރުވާކުރެވޭނެ ކަންކަމެވެ. އަދުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީއާއެކު މީހުންގެ ދިރިއުޅުން ވެސް އަންނަނީ އެއްދުވަހުން އަނެއްދުވަހަށް ޑިޖިޓަލްވަމުންނެވެ. އަވަސް އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ގުޅުވާލަދެވޭ މި ޒަމާނުގައި ޓެލެމެޑިސިންގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިތުރުވަމުންނެވެ. މިގޮތުން އޯޑޮކް ވެސް ވަނީ ސްރީލަންކާގައި މަގުބޫލުކަން ހޯދާ، 200،000 އަށް ވުރެ ގިނަ މީހުންގެ އިތުބާރު ހޯދާފައެވެ.  

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަހުމަދު