އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަހަރެން މިހިރީ އުފަލުން! އަހަރެން ނުކުޅެދުންތެރިކަންހުރި ފިރިހެނަކު ދެކެ ލޯބިވުމަކީވެސް ކައިވެނި ކުރުމަކީވެސް އެހެން ބައަކާ ބެހޭ ކަމެއް ނޫން!: ހަނާ

އަހަރެން މިހިރީ އުފަލުން! އަހަރެން ނުކުޅެދުންތެރިކަންހުރި ފިރިހެނަކު ދެކެ ލޯބިވުމަކީވެސް ކައިވެނި ކުރުމަކީވެސް އެހެން ބައަކާ ބެހޭ ކަމެއް ނޫން!: ހަނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

 

އެމެރިކާއަށް ނިޞްބަތްވާ ހަނާ އަލީވާޑް އޭނާގެ ލޯބިވެރިޔާ އާއި ކައިވެނިކުރުމުން އެކަން ވެގެންދިއައީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެގެންދިއަ ކަމަކަށެވެ. ގޭގެ ގާޑްންގައި ކައިވެނިކޮށް ފޮޓޯތައް އިސްޓަގްރާމަށް ލުމުން ގިނަ ބައަކު ބުނީ އެއީ ލޯބިން ކުރި ކައިވެންޏެއް ނޫން ކަމަށާއި އެއީ ފައިސާގެ ދަހިވެތިކަމުގައި ކުރި ކަމެއް ކަމަށެވެ. އަދި އެ ފޮޓޯތަކަކީ ފޭކް ފޮޓޯތަކެއް ކަމަށެވެ.

ހަނާ ބުނީ ކޮންމެ ބައަކު ކޮންމެ ގޮތަކަށް ޤަބޫލުކުރިނަމަވެސް ނުކުޅެދުނތެރިކަން ހުންނަ މީހުންދެކެ ލޯބިވެސްވެވޭނެ ކަމަށާއި ކައިވެނިވެސް ކުރެވޭނެ ކަމަށެވެ. އަދި ލޯބިވުމަކީ ކޮންމެ މީހަކަށް ވެެސް ލިބިފައިވާ އަމިއްލަ ޙައްޤެއްް ކަމަށާއި ބައަކު ފާޑުކިޔާތީ އޭނާ އެއްވެސް ވަރަކަށް ކަންބޮޑުނުވާ ކަމަށެވެ.

ހަނާ ކައިވެނިކޮށްފައިވަނީ މައިބަދައިގައި މައްސަލަތައް ހުރި ނުކުޅެދުނތެރިކަން ހުރި ފިރިހެނަކާއިއެވެ. ހަނާ ބުނެފައިވަނީ އޭނާ، އޭނާގެ ފިރިމީހާ ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި ބައަކު ފާޑުކިޔުމުން އޭނާ ކަންބޮޑުނުވާ ކަމަށެވެ. އަދި އޭނާ ހުރީ ކައިވެނީގައި ކުރިއަށް ދިއުމަށް ތައްޔާރަށް ކަމަށެވެ.

މިއީ ރާއްޖޭގައިވެސް އޮތް މައްސަލައެކެވެ. ނުކުޅެދުންތެރިކަން ހުރި ވަރަށް ގިނަ ކުދިން ތިބީ އެކުދިންނަށް ލޯބިދޭނެ ފަރާތެއްގެ އިންތިޒާރުގައެވެ. އެ ކުދިންދެކެ ލޯބިވެ ލޯބިން ގެންގުޅެފިނަމަ އެކުދިންގެ ޙށާލަތަށް ބޮޑެތި ބަދަލުތަކެއް އައުމަކީވެސް ވަރަށް ގާތްކަމެކެވެ. މިގޮތުން ހަމައެކަނި ވިސްނުމުގައި ކޮށިކަމެއް ހުރިނަމަވެސް ވާހަކަވެސް ދެކެވޭ، ޖިސްމާނީ ގޮތުން އެއްވެސް ބަލިކަމެއް ނެތް ވަރަށް ރީތި އަންހެންކުދިންވެސް ކައިވެނި ނުކުރެވި އެބަތިބިކަން ފާހަގަކުރެވެއެވެ.

މިފަދަ ކުދިންނާއި ކައިވެނިކުރުމުން ގެދޮރުގެ ގޮތުން އިނާޔަތެއް ދިނުންފަދަ ބޯނަސްއެއް ދީގެން ނަމަވެސް ކައިވެނިކުރަން ޝައުޤުވެރިކަން އުފައްދުވަން ވަނީ މަސައްކަތްކުރަންޖެހިފައިކަން ގިނަބައަކު ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް