އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރަދޫފޭދޫ، މަރަދޫ، ފޭދޫގެ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ: އެމްޓީސީސީ

މަރަދޫފޭދޫ، މަރަދޫ، ފޭދޫގެ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ: އެމްޓީސީސީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ސ. މަރަދޫފޭދޫ، ސ. މަރަދޫ އަދި ސ. ފޭދޫ ނަރުދަމާ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމުމަށްފަހު ފެނަކަ ކޯޕަރޭޝަން ލިމިޓަޑްއާއި 12 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ހަވާލުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މިގޮތުން ސ. މަރަދޫފޭދޫ އަދި ސ.މަރަދޫ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހުރިހާ މަސައްކަތްވަނީ އެއްކޮން ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ސ. ފޭދޫގެ ސީއައުޓްފޯލްގެ ރެކްޓިފިކޭޝަން މަސައްކަތްތަކެވެ

. މި މަޝްރޫޢުގެ ދަށުން ސ. މަރަދޫފޭދޫ އަދި ސ. މަރަދޫގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނިންމައި ފެނަކަ ކޯޕަރޭޝަން ލިމިޓަޑާއި ހަވާލު ކުރުމުގެ ކުރިން، އެދެ ރަށުގެ ޕަމްޕިންގ ސްޓޭޝަން، ޕެނަލް ބޯޑްސް އަދި ޓްރާންސްފަރ ސްޓޭޝަންތައް އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި ކޮންސަލްޓެންޓުންގެ ޓީމުން ބަލައި ފާސްކޮށްފައިވެއެވެ. އަދި މި ދެ ރަށުގައި 289،10 މީޓަރުގެ ހޮޅި ވަޅުލައި، ސ. މަރަދޫގެ ޓްރާންސްފަރ ސްޓޭޝަންގައި 720 މީޓަރުގެ ސީއައުޓްފޯލްއެއް ޤާއިމުކޮށްފައިވެއެވެ.

މީގެއިތުރުން، އެމްޓީސީސީގެ ޕްރޮޖެކްޓްސް ޓީމުގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ލިމިޓަޑުގެ މުވައްޒަފުންނަށް ނަރުދަމާ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ތަމްރީނުކުރުމުގެ ސެޝަންތަކެއް ބާއްވާފައިވެއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން މި ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުއަކީ 62.253،189،124 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢު އެއްކޮން ނިންމާލުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރ 2020 ގެ ނިޔަލަށެވެ.

--އެމްޓީސީސީ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް