އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދު ޕޮޒިޓިވްވީ 99 މީހުން! ބަލިން ރަނގަޅުވީ ސަތޭކަ ހަތްދިހަ ހަތަރު މީހުން!

މިއަދު ޕޮޒިޓިވްވީ 99 މީހުން! ބަލިން ރަނގަޅުވީ ސަތޭކަ ހަތްދިހަ ހަތަރު މީހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 99 މީހުން ޕޮޒިޓިވްވެއްޖެއެވެ. މިއަދު ބަލިން ރަނގަޅުވީ 174 މީހުންނެވެ.

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 99 މީހުންގެ ތެރޭގައި ހިމެނެނީ 65 ދިވެހިންނާއި 34ބިދޭސީންނެވެ.

މިއަދު 92 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 7 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ.

އިއްޔެވެސް މި ބައްޔަށް ރާއްޖެއިން 85 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 7903 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9,328 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 115 މީހަކަށެވެ.

މި ބަލީގައި 33 މީހަކު ވަނީ ނިޔާވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު