އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީމާންކަމުގެ ކޮރަޕްޝަނާ ކުފުރުގެ ކޮރަޕްޝަނަށް ކަންބޮޑުވާ މީހެއް، މުއައްސަސާއެއް ނެތް!

އީމާންކަމުގެ ކޮރަޕްޝަނާ ކުފުރުގެ ކޮރަޕްޝަނަށް ކަންބޮޑުވާ މީހެއް، މުއައްސަސާއެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

"ކަންކަން ޙާޞިލުކުރަން ބޭނުންވުމުން ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތްތަކުން ވާގިއެދުމާއި އެހެން ފަރާތްތަކަށް އަޅުވެތިވުމާއި ﷲ ތަޢާލާއަށްވުރެ ބޮޑަށް އެހެން ފަރާތްތައް ދެކެ ބިރުގަތުމާއި ލޯބިވުން މިވަނީ އިތުރުވެފައެވެ. "ދެއްވަވަނީ ﷲ ކަން، ގެންދަވަނީ ﷲ ކަން، ބާރުތައް ލިބިވޮޑިގެންވަނީ ﷲ އަށްކަން ކާކުތޯ ޤަބޫލުކުރަނީ؟" މިފަދަ ކަންކަން ކުރުން ދޫކޮށް އީމާންކަން ވަރުގަދަ ކުރުމުގައި އެކަކު އަނެކަކާއި ވާދަކުރާ ބައަކަށް ވާށެވެ!": ޝައިޚުގެ އިލްތިމާސް 

"އީމާންކަމަކީ ޢަމަލާ ބަހުން ދައްކަން ޖެހޭ އެއްޗެއް ކަމާއި ކީރިތި ޤުރްއާން ބަލައިގަތުމަކީ އެފޮތުގައިވާ އާޔަތްތަކަށް ޢަމަލުކުރުން"ކަން އޮޅޭ ހިސާބަށް މަދުބައެއްގެ ނަމަވެސް އީމާންކަން ފަހަތަށް ޖެހިގެންދާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ! 

މިޙާލަތަށް ދިއުމުން މިގެނެސްދެނީ މީގެ 2 އަހަރުވަރުކުރިން ހަމަ މިފުރަމާލޭގެ މިސްކިތެއްގައި ޢިލްމުވެރިއަކު ދެއްވާފައިވާ ދަރުސެއްގެ ޚަބަރެކެވެ! ބޭނުމަކީ މިކަމަށް ޢިލްމުވެރިން ގެންދަވަނީ ވަރަށް ކުރިންސުރެ ކަންބޮޑުވުން ފައުޅުކުރައްވަމުންކަން ބަޔާންކުރުމެވެ. "އީމާންކަން ބަލާ ކޮމިޝަނެއް" އުފައްދަން ޖެހިފައިވާކަމަށް ބުނެ އެކަމަށް ގޮވާލަމުން ގެންދާ މީހުން އެބުނާ ބަހުގައިވެސް ޙަޤީޤަތްތަކެއް އެބައޮތްކަން ޤަބޫލުކޮށް ފިޔަވަޅު އެޅުން އަވަސްކުރަންޖެހިފައިވާކަން ހާމަކުރުމެވެ.

ދަރުސުން: 

އެންމެންވެސް ކަންބޮޑުވެގެން އުޅެނީ ފައިސާގެ ކޮރަޕްޝަނުގެ މައްސަލަތަކުގައެވެ. އެއީ ނުބައި އަމަލެކެވެ. ނަމަވެސް ކޮރަޕްޝަނަށްބަލާއިރު އެއީ ވަރަށް ކުޑަކުޑަ ކޮރަޕްޝަނެކެވެ. ރިޝަވަތު ހިފި ނަމަވެސް ކޮރަޕްޝަން ފައިސާ ބޭނުންކޮށް އުޅުނު ނަމަވެސް އެމީހަކު ތައުބާވެ ފާފަ ފުއްސެވުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމުން އެމީހަކީ ޝިރުކަށް އަރައިގެންފައި ނުވާ މީހެއްނަމަ އެކަލާނގެ ރުއްސަވާ އަޅެއްގެ ފާފަ ފުއްސަވައި ސުވަރުގެ ވައްދަވައި ދެއްވެވުމަކީ އޮތް ކަމެކެވެ. 

އީމާންކަމުގެ ކޮރަޕްޝަނަށްވުރެ ބޮޑު ކޮރަޕްޝަނެއް، އަނިޔާވެރިކަމެއް ދުނިޔޭގައި ނެތެވެ. ނަމަވެސް ކުފުރުގެ ކޮރަޕްޝަނާއި ޝިރުކުގެ ކޮރަޕްޝަނަށްވުރެ ބޮޑު ކޮރަޕްޝަނެއް ދުނިޔޭގައި ނެތްކަން އެނގެނީ ކާކަށް ހެއްޔެވެ؟ އެއީ ނުފުއްސަވާނެ ކަމެއް ކަމާއި އެއިގެ ތެރެއަށް ވަދެއްޖެ މީހާ ސަލާމަތް ވުމެއް ނެތްކަން އެނގެނީ ކާކަށް ހެއްޔެވެ؟ ކާކުތޯ މިކަންކަމަށް ވިސްނަނީ؟ އެވާހަކަ ދައްކާ އަޑެއް ނުއިވެއެވެ. ޖަވާބުދާރީ ކުރުވާ ތަނެއްވެސް ނުފެނެއެވެ. 

އަޞްލުގައި ޖަވާބުދާރީ ކުރުވަން ޖެހެނީ އީމާންކަމުގެ ކޮރަޕްޝަނުގައެވެ. އެއީ ސަލާމަތް ނުވާނެ ކޮރަޕްޝަނެކެވެ. ބާކީ ހުރި ކޮންމެ ކޮރަޕްޝަނަކީ ﷲ ތަޢާލާގެ އޯތާތެރިވަންތަކަމުން ޢަފޫކޮށް ދެއްވަވައިފާނެ ކޮރަޕްޝަނެވެ. އެހެންކަމާއިއެކުވެސް ގިނަ ބައެއްގެ ހިތުގެ ތެރެއަށް މި ކޮރަޕްޝަން ވަނީ ވަދެފައެވެ. އެކަމުގެ ހެއްކަކީ ފަރުޟު 5 ނަމާދާއި ތަހައްޖުދު ނަމާދު ކުރި ނަމަވެސް ލޯބިވާންޖެހޭ މީހުންނާއި ރުޅިއަންނަންޖެހޭ މީހުން ވަކިކުރަން ނުއެނގޭ ކަމެވެ. އެކުވެރިވާންޖެހޭ މީހުންނާއި ރުޅިވެރިވާނަ ޖެހޭ މީހުންވެސް ނުއެނގޭ ކަމެވެ. އެއީ ހިތަށް އީމާންކަމުގެ ކޮރަޕްޝަން ވަދެފައި އޮތުމުންނެވެ. 

ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ "ޝިރުކުރުކުރާ ޙާލުގައި މެނުވީ ގިނަ މީހުން އީމާންވާކަމުގައި ނުވާ" ކަމަށެވެ. އެފަދަ މީހުން ތިބެނީ އީމާންވެގެންނެވެ. ނަމަވެސް އީމާންވެގެން ތިބެނީ ޝިރުކުރާ ހާލުގައެވެ. ޝިރުކާއި އީމާންކަމާއި މަސްހުނިކޮށްގެން ތިބޭނަމަ އީމާންކަމުން ކުރާނެ ފައިދާއެއް ނެތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް