އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓު އާންމުކޮށްފި

ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓު އާންމުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކަށް ތެރެއިން  ދަފްތަރު ކެޓަގަރީ އަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް ހާމަކޮށްފިއެވެ.

މިއަދު ވަނީ ދަފްތަރު ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލައިފައެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މާދަމާ އިން ފެށިގެން އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައި ވާއިރު ޝަކުވާ ހުށަހެޅޭނީ https://hcp.presidency.gov.mv/ މެދުވެރިކޮށެވެ. އަދި "ހިޔާ" މަޝްރޫއުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިއާޔަތްކުރެވޭނެ ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.

މީގެ ކުރިން ވަނީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން މިހާތަނަށް ދިރާސާކޮށް ނިމިފައިވާ ހަތަރު ކެޓެގަރީ ކަމުގައިވާ H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ)، H5 (ޓީޗަރުންނަށް ޚާއްޞަ)، H8 (މާލޭ ރަށްވެހިންނަށް ޚާއްޞަ)، އަދި H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢާއިލާތަކަށް ޚާއްޞަ) ކެޓެގަރީގެ ދަށުން ފްލެޓްތަކަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް މާކުސް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު ނެރެފައެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް