އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މޫލީ އާޓް ކޮންޓެސްޓު" ގެ ނަމުގައި އުރީދޫ އިން ކުރެހުމުގެ މުބާރާތެއް ފަށައިފި

"މޫލީ އާޓް ކޮންޓެސްޓު" ގެ ނަމުގައި އުރީދޫ އިން ކުރެހުމުގެ މުބާރާތެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

"މޫލީ އާޓް ކޮންޓެސްޓު" ގެ ނަމުގައި ކުދަކުދިންްނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް އުރީދޫ އިން ފަށައިފިއެވެ.

މިމަހުގެ ނިޔަލަށް ބާއްވާ މި ކުރެހުމުގެ މުބާރާތުގައި ކުރަހަން ޖެހެނީ އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ "މޫލީ"ގެ ކުރެހުމެކެވެ. އަދި ކުރެހުން ހުށަހަޅަން ޖެހޭނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށެވެ. މިހާރުވެސް ގިނަ ކުދިންތަކެއް ދަނީ މި މުބާރާތުގައި ބައިވެރިވެ ކުރެހުން ތައް  ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

މި ކުރެހުމުގެ މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 5-12 އަހަރާ ދެމެދުގެ ކުދިންނަށެވެ. އަދި އެ ކުއްޖެއްގެ ބެލެނިވެރިޔަކު ލައްވައި ކުރެހުމުގެ ފޮޓޯ ނަގައި #MyMoolee ބޭނުންކޮގެން ފޭސްބުކް ނުވަތަ އިންސްޓަގްރާމުގައި ޕޯސްޓު ކުރަން ޖެހޭނެއެވެ. 

މިމުބާރާތުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 އަށެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ