އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞަޙާބީން ދަމުނަމާދަށްފަހު އެންމެ ގިނައިން ދުޢާކުރެއްވެވިކަންތައް!

ޞަޙާބީން ދަމުނަމާދަށްފަހު އެންމެ ގިނައިން ދުޢާކުރެއްވެވިކަންތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ޞަޙީބީބޭކަލުންނަކީ ﷲ ތައާލާއަށް ބިރުވެތިވެވަޑައިގަތުމާއި އިސްލާމް ދީނަށް ޢަމަލުކުރެއްވުމުގައި އެންމެ ފުރިހަމަ ނަމޫނާ އެވެ. އެބޭކަލުންގެ ހުރިހާ ސަމާލުކަން އިސްލާމް ދީނަށް ދެއްވެވި ބޭކަލުންނެވެ. ރޭއަޅުކަން އެންމެ ގިނައިން ކުރެއްވެވި ބޭކަލުންނަކީވެސް ހަމައެބޭކަލުންނެވެ. 

މިހުރިހާ ކަންކަމާއިއެކުވެސް އެބޭކަލުން މުޅި ރޭގަޑު ދަމުނަމާދުގައި ހޭދަކުރެއްވެވުމަށްފަހުގައިވެސް އެންމެ ގިނައިން ދުޢާކުރެއްވެވީ ނަރަކައިން ސަލާމަތްކުރައްވަވައިދެއްވެވުން އެދިވަޑައިގެންނެވެ. ސުވަރުގެ ދެއްވެވުން އެދިވަޑައިގެންނެވެ. އީމާންކަންމަތީގައި ޘާބިތުކަން ދެއްވެވުން އެދިވަޑައިގެންނެވެ. ޚާއްޞަކޮށް ނަރަކައިން ސަލާމަތްކުރައްވަވައިދެއްވެވުން އެދިވަޑައިގެންނެވެ.

މިކަމުން އެނގިގެންދަނީ އިސްލާމް ދީނުގައި އެހައިވަރަށް، އެހައި ބޮޑަށް ޘާބިތުވެތިއްބެވިއިރުވެސް އެބޭކަލުންގެ ހިތްޕުޅުގައި މިކަންކަމަށް އޮތްބިރުވެރިކަމުގެ ބޮޑުކަމެވެ. ނަރަކައިގެ ޢަޛާބަށް ބިރުވެތިވެވަޑައިގަންނަވާ މީންވަރެވެ. 

އެބޭކަލުންނާއި އަލާބަލައިފިނަމަ އަހަރެމެންނަށް ﷲ ތަޢާލާއަށް ބިރުވެތިވެވެނީވެސް އިސްލާމް ދީނަށް ޢަލަމުކުރެވެނީވެސް އަޅުކަން ކުރެވެނީވެސް ކިހައި ކުޑަކުޑަމިންވަރަކަށްކަން ނިކަން ހިތަށް ގެނެސްބަލާށެވެ. ޛައްރެއްގެ މިންވަރަށް ކަމުގައި ބުނިނަމަވެސް ދޮގަކަށްވާނެހެއްޔެވެ؟ 

ވީމާ ދަމުނަމާދަށްފަހުވެސް އަދި އަބަދުވެސް ކުރާދުޢާގައި ނަރަކައިން ސަލާމަތްކުރައްވަވައިދެއްވެވުން އެދި ދުޢާކުރުން ގިނަކުރަންވާނެއެވެ. ނަރަކައިން ސަލާމަތްވެވިއްޖެނަމަ އެއޮތީ ސުވަރުގެ ކާމިޔާބުކުރެވިފައެވެ. ހުރިހާ ނިޢްމަތްތަކެއް ލިބިފައެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް