އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަތޮޅުތެރޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި

އަތޮޅުތެރޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

 ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޮޕަރޭޝަންތަކެއްގައި މަސްތުުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން މި އޮޕަރޭޝަންތައް ހިންގާފައިވަނީ ށ. ފުނަދޫ، ނ. ކުޑަފަރީގެ އިތުރުން ހދ. ކުޅުދުއްފުށީގައެވެ.

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި ސެޕްޓެމްބަރ 21 އަދި 22 ގައި ހިންގި އެ އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ފުނަދޫން 35 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެއްގެއިތުރުން 26 އަހަރުގެ މީހެކެވެ. މި ތިންމީހުން ހައްޔަރުކޮށް އެރަށުގެ ތިން ސަރަހައްދެއް ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 32 ކަރުދާސްކޮޅު ހޯދާފައިވެއެވެ.

ނ. ކުޑަފަރީގައި ހިންގި އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

ހދ. ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން 33 ގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު