އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަތް ސައިކަލެއްގެ ވެރިފަރާތް ހޯދަނީ

ހަތް ސައިކަލެއްގެ ވެރިފަރާތް ހޯދަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ފުލުހުންނަށް ހުށަހެޅިފައިވާ  މައްސަލަތަކެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ހަތް ސައިކަލެއްގެ ވެރިފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ސައިކަލްތަކުގެ ވެރިފަރާތްތައް ހޯދަމުންދަނީ ސައިކަލްތަކުގެ ވެރިފަރާތްތަކުން އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ސައިކަލްތައް ހަވާލުކުރެވިފައިނުވާތީއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ސައިކަލްތައް:

  1.  AA0A P8407
  2.  AA0B P7850
  3.  AA0C P1620
  4. AA0G P8756
  5. AA0C P9088
  6. AA0C P7386
  7. AA0F P8972

ވީމާ މި ސައިކަލްތަކުގެ ވެރިފަރާތްތަކުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕޮލިސް ޓޯވ ޔާޑަށް ހާޒިރުވެ ސައިކަލާ ހަވާލުވެ ލެއްވުން އެދެމެވެ. އަދި ސައިކަލުގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ސައިކަލާ ހަވާލުވެލައްވާނަމަ، ސައިކަލުގެ ރަޖިސްޓްރީގެ ކޮޕީއަކާއި ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްގެ އިތުރުން ސައިކަލު ހަވާލުވެލައްވާ ފަރާތެއްގެ ނަން ހިމަނާފައިވާ ސިޓީއެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުން އެފަރާތާ ސައިކަލު ހަވާލު ކުރެވޭނެ ވާހަކަ ވެސް ދެންްނެވިއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދެންްނެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ