އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައި.ޖީ.އެމް.އެޗްގެ ޕީސީއާރު ޓެސްޓިންގ ކެޕެސިޓީ ދުވާލަކު ފަނަރަ ސަތޭކައަށް! އެއްލައްކަ ޕީސީއާރް ޓެސްޓް ހަދައިފި

އައި.ޖީ.އެމް.އެޗްގެ ޕީސީއާރު ޓެސްޓިންގ ކެޕެސިޓީ ދުވާލަކު ފަނަރަ ސަތޭކައަށް! އެއްލައްކަ ޕީސީއާރް ޓެސްޓް ހަދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

އައި.ޖީ.އެމް.އެޗް ގެ ލެބޯރެޓަރީ އިން 100،000 ޕީ.ސީ.އާރް ޓެސްޓް ރަން ކޮށްފި! 

29 ފެބްރުއަރީ 2020 ގައި، އައި.ޖީ.އެމް.އެޗް ގެ ލެބޯޓްރީގައި ކޮވިޑް ޕީ ސީ އާރަށް ޓެސްޓު ކުރަން ފެށުނެވެ. 07 މާރޗް 2020 ގައި ކޮވިޑް 19 ގެ ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުނުފަހުން 24 ގަޑިއިރު މެދު ނުކެނޑި ކޮވިޑް ޕީ.ސީ.އާރު ޓެސްޓު ހެދުމުގެ މަސައްކަތް ދަނީ ކުރަމުނެވެ.

އައި.ޖީ.އެމް.އެޗްގައި ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފަށައިގަނެވިފައިވަނީ ޖުމްލަ 03 މުވައްޒަފުން ހިމެނޭ ޓީމަކުންނެވެ. އެހެންނަމަވެސް، ބަލި ޖެހޭ މީހުންގެ ޢަދަދު ގިނަވާން ފެށުމާއި އެކު، ޕީ.ސީ.އާރު ޓެސްޓިން ޓީމްގައި ހިމެނޭ  މުވައްޒަފުންގެ ޢަދަދު މަޑު މަޑުން ދިޔައީ އިތުރު ކުރަމުނެވެ. މިހާރު އައި.ޖީ.އެމް.އެޗްގައި ކޮވިޑް ޕީސީއާރު ޓެސްޓް ހެދުމުގައި 22 މުވައްޒަފުންދަނީ މަސައްކަތް ކުރަމުންނެވެ.

އައި.ޖީ.އެމް.އެޗްގައި ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފަށައިގަނެވުނުއިރު ޓެސްޓިންގ ކެޕެސިޓީ އަކީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރް ޓެސްޓެވެ. ނަމަވެސް އިހުނަށްވުރެ އެތައް ގުނައެއް މިހާރުވަނީ އިތުރު ކުރެވިފައެވެ. މިހާރު އައި.ޖީ.އެމް.އެޗް ގެ ޓެސްޓިންގ ކެޕެސިޓީ އަކީ ކޮންމެ 24 ގަޑިއިރަކު 1500 ޕީސީއާރް ޓެސްޓެވެ. މިއީ ސާމްޕަލް އެކްސްޓްރެކްޓް ކުރުމަށްޓަކައި ޒަމާނީ މެޝިން ތަކާއި ޕީ.ސީ އާރު މެޝިންތަށް އަދި ހަމެއެހެންމެ އިތުރު މުވައްޒަފުން ތަކެއް ތަމްރީން ކުރެވިގެން ދިޔުމުގެ ނަތީޖާކަމަށް ފާހަގަ ކޮށްލަމެެވެ. 

ކޮވިޑްގެ މިހަނގުރާމައިގާ އެންމެ މުހިންމުކަމަކަށްވެފައި ވަނީ ބަލިޖެހިފައިވާ މީހާދަނެގަނެ އޭފަރާތްއެކެހެރިކުރުން ކަމަށް ވާ ހިނދު ، ލެބޯޓެރީ މުވައްޒަފުން ނަކީ ފްރަންޓް ލައިންގެ އެންމެ ކުރީސަފުގައި ޚިދުމަތް ދޭ ފަރާތްކެވެ. އެހެންކަމުން މި ދަނޑިވަޅުގައި، ރެއާއި ދުވާލު ހީވާގިކޮށް މަސައްކަތް ކުރަމުން ދާ ލެބޯޓަރީގެ އެންމެހާ މުވައްޒަފުން ގެ އަގުވަޒަންކޮށް ޝުކުރުދަންނަވަމެވެ.

- އައިޖީއެމްއެޗް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް