އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިވެރިޔާގެ އުނިސިފަ ދެއްކުމަކީ "ވައްކަން" ފަޅާއެރުމުން ދިފާޢުކުރަން ދިއްކުރާ އައްޑަނައަކަށް ނުހެދޭނެ!: މުފްތީ މެންކް

ބައިވެރިޔާގެ އުނިސިފަ ދެއްކުމަކީ "ވައްކަން" ފަޅާއެރުމުން ދިފާޢުކުރަން ދިއްކުރާ އައްޑަނައަކަށް ނުހެދޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ކައިވެނީގެ ޙަޔާތުގައި އެކަކު އަނެކަކަށް ތެދވެރިވެ ވަފާތެރިވުމުގެ ބަދަލުގައި ވައްކަންކުރުމުން އެކަން ފަޅާޢަރާ ޙާލަތުގައި ތިމާގެ ދިފާޢޫގައި ބޭނުންކުރާ ހަތިޔާރަކަށް ބައިވެރިޔާގެ ކުށްތަކާއި އުނިސިފަތަކުގެ ވާހަކަ އެކަންކަމަކީ ތިމާގެ ދފާޢުގައި ބޭނުންކުރާ އައްޑަނައަކަށް ނުހެދޭނެއެވެ. އެކަން އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެއެވެ.

ވައްކަންކުރާ މީޙުންނޭވެ! ބައިވެރިޔާގެ ކިބައިގައި އުނިސިފަތައް ހުރިނަމަ އެކަންކަމުގެ ވާހކަތައް ދައްކަންވާނީ ވައްކަންކުރުމުގެ ކުރިންނެވެ. ތިމާކުރި ވައްކަން ފަޅައި އެރުމުން ބައިވެރިޔާ އަޅާނުލާކަމާއި ލޯބިނުދޭކަމާއި ވަގުތުނުޑޭކަމުގެ ވާހަކަތައް ފަދަ ވާހަކަތައް ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ. 

އެކަންކަމަކީ ހަމަ ޙަޤީޤަތުގައިވެސް ހުރި މައްސަލަތައް ކަމުގައިވެދާނެއެވެ. އެބާވަތުގެ ކަންކަން ހުރިނަމަ ކުރިން އެވާހަކަތައް ދައްކައި ޙައްލުހޯދަން މަސައްކަތްކުރާށެވެ! ޙައްލު ނުކުރެވުނުނަމަ ﷲ ތަޢާލާ އަންގަވާފަދައިން ކައިވެނި ނިމުމަކަށް ގެންނާށެވެ! އެއީ ދެމަފިރިންގެ ތެރެއިން ކޮންމެ މީހަކަށްވެސް ކުރުމުގެ ފުރުޞަތު އޮތްކަމެކެވެ. ފިރިމީހާނަމަ ވަރިކުރާނީއެވެ. އަނބިމީހާ ނަމަ ދީނުގައި އޮތްމަގުން ކައިވެނި ރޫޅައިލުމުގެ މަސައްކަތްކުރާނީއެވެ. 

އެއްވެސް މީހަކު ނުބައިވުމަކީ އެކަމާއި ގުޅުވައިގެން އަނެކަކު ޒިނޭކުރުން ފަދަ ނުބައި އަމަލުތައް ކުރަންޖެހޭ ސަބަބެއް ނޫނެވެ. އަދި އެނޫން ފާފައެއްވެސް ކުރަންޖެހޭ ސަބަބެއް ނޫނެވެ. ފާފަކުރުމަށްފަހު އެއީ ބައިވެރިޔާގެ ނުބައިކަމުން ކުރެވުނު ކަމެއްކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް ބަހަނާއެއް ނުދެއްކޭނެއެވެ. 

ވީމާ ފާފައެއް ކުރެވިއްޖެ ނަމަ ފުރަތަމަ ކަމަކަށް އެކަން ޤަބޫލުކުރާށެވެ! އެއަށްފަހު އިޚްލާޞްތެރިކަމާއިއެކު ތައުބާވާށެވެ! އަދި ބައިވެރިޔާއަށް އެކަން ހާމަވެފައިވާނަމަ ބައިވެރިޔާގެ ކިބައިން މާފަށްވެސް އެދޭށެވެ! ބަހަނާދައްކައި އައްޑަނަ ދިއްކުރުމަކުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނުއޮންނާނެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް