އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުންކަރާތްތައް ނަހީކުރުމަކީ ހަމައެކަނި ޢިލްމުވެރިން ކުރަންޖެހޭ ކަމެއްކަމަށް ދެކިގެން ނުވާނެ! އެއީ އެންމެންގެ މައްޗަށް އޮތް ފަރުޟެއް!

މުންކަރާތްތައް ނަހީކުރުމަކީ ހަމައެކަނި ޢިލްމުވެރިން ކުރަންޖެހޭ ކަމެއްކަމަށް ދެކިގެން ނުވާނެ! އެއީ އެންމެންގެ މައްޗަށް އޮތް ފަރުޟެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ޙައްޤު ބަސް ބުނެ މުންކަރާތްތައް މަނާކުރުމުގައި މުޖުތަމައު ފޭލްވެއްޖެ ނަމަ އެމުޖުތަޢުގައި ދިރިއުޅޭ އެންމެން ފާފަވެރިވާނެއެވެ. އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ރަނގަޅަށް އަޑުއަހާށެވެ!

ޙައްޤުބަސް ބުނެ މުންކަރާތްތައް ނަހީކޮށް ހެޔޮ ޢަމަލުތައްކުރަން ހިތްވަރުދީ އެކަންކަން މީސްތަކުންނަށް ބަޔާންކޮށްދިނުމަކީ މުޅި މުޖުތައުގެ މައްޗަށް އޮތް ފަރުޟެކެވެ. އެއްބައަކު ނަމަވެސް އެކަންކަން ކުރާނަމަ އެހެން މީޙުންގެ މަތިން ފަރުޟު ކެނޑިގެންދާނެއެވެ. ނަމަވެސް އެއްވެސް މީހަކު އެކަން ނުކުރާނަމަ މުޖުތަމައުގެ އެންމެން ފާފަވެރިވާނެއެވެ. 

އެއީ އެކަންކަން ކުރަން ދީނީ ޢިލްމުވެރިންނަށް ނުވަތަ މުޖުތަމައުގެ އިސްމީހުންނަށް، ދީނީގޮތުން ހޭލުންތެރި މީހުންނަށް ހިތްވަރުދިނުމަކީ މުޖުތަމައުގެ އެންމެންގެ މައްޗަށް އޮތް ވާޖިބެއްކަމުގައިވާތީއެވެ. އަދި ކީއްހެއްޔެވެ؟ އެމީހުންނަށް އެއްބާރުލުންދޭންޖެހޭނެއެވެ. އެމީހުން ގާތުން އުނގެނެންވެސް ޖެހޭނެއެވެ. އެމީހުން ކުރާ މަސައްކަތުގައި އެންމެން ބައިވެރިވާންވެސް ޖެހޭނެއެވެ. 

ކޮންމެ މީހަކީވެސް އެމީހެއްގެ ފެންވަރުން ﷲ ތަޢާލާގެ އެއްކައުވަންތަކަން އެހެންމީހުންނަށް އަންގައިދީ މީސްތަކުން ޝިރުކުރުމުން ސަލާމަތްކުރަން މަސައްކަތްކުރަން މަސައްކަތްކުރާ މީހަކަށްވާންވާނެއެވެ. އެވާޖިބު އަދާކުރުމަކީ ހަމަ ކޮންމެ މީހެއްގެ މައްޗަށްވެސް ލާޒިމް ކަމެކެވެ! 

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިއުންމަތަކީ އެންމެ ހެޔޮ އުންމަތް ކަމުގައެވެ. އެއީ މުންކަރާތްތައް ނަހީކޮށް ހެޔޮ ކަންކަމަށް އަމުރުކުރާ އުންމަތަކަށްވުމުންނެވެ. އެކަން ނުކުރާނަމަ އެ ޝަރަފާއި ޢިއްޒަތާއި ދަރަޖަ ގެއްލިގެންދާނެއެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް