އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަދީޘްގަ އޮތީ ޝައިޠޯނާގެ ކުރިން އިންސާނުންގެ ނުބައިކަމުން ސަލާމަތްކަމަށް އެދެން!

ޙަދީޘްގަ އޮތީ ޝައިޠޯނާގެ ކުރިން އިންސާނުންގެ ނުބައިކަމުން ސަލާމަތްކަމަށް އެދެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު

ދެ ދުނިޔޭގެ ވެސް ސަލާމަތްކަން އެދޭ މީހާ ޝައިޠޯނާ ދެކެ ގަންނަބިރުގެ ކުރިއަށް އެކުވެރި އިންސާނުން ދެކެ ގަންނަ ބިރު މިވަނީ ނެރެންޖެހިފައެވެ! މީސްތަކުންގެ ފިތުނައިން ލިބޭގެއްލުން މާބޮޑުވުމުންނެވެ. އަމިއްލައެދުމަށްޓަކައި ނުކުރާނެ ނުބައި އެއްވެސް ޢަމަލެއް ނެތް ޙާލަތަށް އިންސާނުންގެ ކަންކަން މިވަނީ ގޮސްފައެވެ. އެކަންކަން ކޮންމެ ދުވަހަކު ލޯމަތިން ފެންނަމުންދާތީއެވެ! 

ނިދީގައި ސިއްސައިގެން ދިއުން، ބިރުވެރި ހުވަފެނެއް ފެނުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ކިޔަން ޙަދީޘްކުރައްވަވާފައި އޮތް ދުޢާއަށް ވިސްނައިލާށެވެ! 

މިދުޢާގައި ފުރަތަމަ އެވަނީ ﷲ ތައާލާގެ ހަޟްރަތުން ރައްކައުތެރިކަމަށް އެދުމެވެ. ﷲ ތަޢާލާގެ ކޯފާ އާއި ޢަޛާބުން ރައްކައުތެރިކޮށްދެއްވެވުމަށް އެދުމެވެ. އެއިގެ ފަހަތުން މިއަންނަނީ ﷲ ތަޢާލާގެ އަޅުތަކުންގެ ކިބައިން ރައްކައުތެރިކަން އެދުމަށެވެ. ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދުން ބަޔާންކުރައްވަވާފައި އެވަނީ އެއިގެ ފަހަތުންނެވެ! 

ދިރިއުޅުމުގެ ކަންކަމަށް ހުރަސްއެޅި ޒަވާޖީ ޙަޔާތް ރޫޅުމުގެ އެތައް ހާސް ހާދިސާތައް ކޮންމެ ދުވަހަކު ލޯމަތީގައި ހިނގަމުންދާއިރު މިފަދަ ޙަދީޘްފުޅުތަކާއިމެދު ވިސްނައިލާށެވެ! އެންމެގާތުގައި ހުރެގެންވެސް އެންމެ ގާތް އެކުވެރިޔާ ދީފާނެ ބޮޑު ގެއްލުމަށް ޣާފިލުނުވާށެވެ! 

މިކަމަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ދަރަޖައިގައި ބެހެއްޓުމެވެ. އެކުވެރިން އެމީހުންގެ ދަރަޖައިގައެވެ. އެހެން މީހުން އެމީޙުންގެ ދަރަޖައިގައެވެ. އެގޮތަށް އެކަންކަން ކުރާއިރުވެސް މިއުޅެނީ ދިރިހުއްޓައި ރޮލާކެއުމުން ސަލާމަތްނުވެވިގިގެންނެވެ. ފަރުވާކުޑަކޮށްލެވިއްޖެނަމަ ކަންކަންވާނެ ގޮތާއިމެދު ވިސްނައިލާށެވެ!

Abdullah ibn Amr reported: The Messenger of Allah, peace and blessings be upon him, said,

“If one of you is frightened by a dream during sleep, let him say: I seek refuge in the perfect words of Allah from His anger, His punishment, and the evil of His servants, from the insinuations of devils and their presence. Verily, they will never harm him.”

Source: Sunan al-Tirmidhī 3528

Grade: Hasan (fair) according to Al-Tirmidhi

عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ 

إِذَا فَزِعَ أَحَدُكُمْ فِي النَّوْمِ فَلْيَقُلْ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ فَإِنَّهَا لَنْ تَضُرَّهُ

3528 سنن الترمذي كتاب الدعوات باب منه

3528 المحدث الترمذي خلاصة حكم المحدث حسن غريب في سنن الترمذي

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް