އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ދެމަފިރިއަކަށް އެންމެ މުހިންމު، އަނބިންގެ ކިބައިން ރޭގަނޑު ލޯބި ނުލިބުން ނިމުމަކަށް ގެނެވޭނެ އެންމެ ފަސޭހަމަގު ސުންނަތުން!

ކޮންމެ ދެމަފިރިއަކަށް އެންމެ މުހިންމު، އަނބިންގެ ކިބައިން ރޭގަނޑު ލޯބި ނުލިބުން ނިމުމަކަށް ގެނެވޭނެ އެންމެ ފަސޭހަމަގު ސުންނަތުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 10 ސިކުންތު

އަނބިންގެ ކިބައިން ރޭގަނޑު އުފާ ޙާޞިލުކުރަން އެދޭނަމަ ދުވާލުގެ ވަގުތަކުގަ ކުޅިވަރުކުޅެ، މަޖާކޮށް އުފާކުރުމުގަ ވަގުތު ހޭދަކުރާށެވެ.

އަނބިންގެ ކިބައިން ރޭގަނޑު އުފާ ޙާޞިލުކުރަން އެދޭނަމަ ދުވާލުގެ ވަގުތައްވެސް އަނބިންނާއިއެކު އުފަލުގައި ހޭދަކުރާށެވެ. އަނބިންނާއިއެކު ކުޅިވަރުކުޅެ މަޖާކޮށް އުފަލުގައި ވަގުތުތައް ހޭދަކުރަންޖެހޭ ސަބަބުތައް ވަރަށް ގިނައެވެ.  

އެއީ ވަކި އުމުރަކަށް އޮތްކަމެއް ނޫނެވެ. ކޮންމެ ޢުމުރެއްގައިވެސް ކުރަންޖެހޭ ކަމެކެވެ. އަދި ކިތަންމެ ޢުމުރު ތަފާތު ބޮޑުކޮށް ކައިވެނިކޮށްގެން އުޅުނު ނަމަވެސް ކުރަން ސުންނަތުގައި އޮތްކަމެކެވެ. ރަސޫލް (ޞޢވ) ޢައިޝަތުގެފާނާއި ވާދަކުރައްވައި ދެފަހަރުމަތިން ރޭސް ޖެއްސެވިކަން ޙަދީޘުން އެބައޮތެވެ. 

މިކަމުން އެނގިގެންދަނީ ޢުމުރު ކިތަންމެތަފާތކޮށް ކައިވެނިކޮށްގެން އުޅުނު ނަމަވެސް މިބާވަތުގެ ކަންކަން ކުރަންޖެހޭނެ ކަމެވެ. 

ޢުމުރުގެ ތަފާތުބޮޑުކޮށް ކައިވެނިކުރަނީ ކޮންމެވެސް ދުނިޔަވީ މަންފާއަކަށްޓަކައިކަމަށް މިއަދުވެފައިއޮތްނަމަވެސް މިއަދުވެސް ހަމަ ލޯބިން ދޮށީޢުމުރުގެ މީޙުންނާއި ކައިވެނިކޮށްގެން ވެސް އެބައުޅެއެވެ. މިފަދަ ބައެއް ކައިވެނިތަކުގެ ވާހަކަ އެހެން ދަރުސެއްގައި ގެނެސްދޭނަމެވެ. އިން ޝާ ﷲ 

ބުނެލަން ބޭނުންވަނީ ޢުމުރުގެ ތަފާތު ކިތަންމެބޮޑުކޮށް ކައިވެނިކުރިނަމަވެސް ކައިވެނިކުރުމަށްފަހު އެކަމަށް ވިސްނައި އެއްވެސް މިންވަރަކަށް ފަސްޖެހިގެންނުވާނެއެވެ. ލަދުވެތިވެގެން ނުވާނެއެވެ. މީހުންގެތެރެއަށް ނުކުމެ އުޅޭއިރު އެކަން ހާމަވާފަދަ އެއްވެސް ޢަމަލެއްކޮށްގެން ނުވާނެއެވެ. ޚާއްޞަކޮށް ގޭތެރޭގައި އުޅޭއިރުއެވެ. 

ދުވާލުގެ ވަގުތުތައް ދެމަފިރިން އެކުގައި ކުޅިވަރުކުޅެ މަޖަލުގައި ހޭދަކުރާނަމަ އެކަން ވެގެންދާނީ ރޭގަނޑުގެ ވަގުތުތައް އުފަލުގައި ހޭދަކުރަން މަގުފަހިވާކަމަކަށެވެ. ރޭގަނޑުގެ ވަގުތު ޖެހުމުން ނިދަން އޮށޯވެފައި ކުރާނެ ޝަކުވާތަކެއް ނުހުންނާނެއެވެ. ސިކުނޑި "ފްރީ" ވާނެއެވެ. އެކަމުގެ ސަބަބުން ކުރާ ފައިދާ އިޙްޞާބްކުރެވޭނީ ހަމައެކަންކަން ތަޖުރިބާކުރުމުންނެވެ. 

މިއަދު މައްސަލަތައް އުފެދި އިތުރުވަމުން މިދަނީ ދުވާލުގެ ވަގުތައް އެހެންބައަކާއިއެކު މަޖާކޮށް އުފާކުރަން ހޭދަކުރުމަށްފަހު ރޭގަނޑުގެ ވަގުތުތައް އަނބިމީހާ އާއިއެކު ހޭދަކުރަން ބޭނުންވުމުންނެވެ. ޝަކުވާކުރަންވެސް ލޯބިދޭންވެސް އަނބމީހާއަށް ލިބެނީ އެއްވަގުތެއް ކަމުގައިވުމުންނެވެ. 

ވީމާ ނިދަން އޮށޯތުމުން އަނބިމީހާ ލޯބިނުދޭކަމުގެ ޝަކުވާކުރުމުގެކުރިން އެ ޝަކުވާކުރާނެ އެހެންވަގުތެއް އަނބިމީހާއަށް ދެވުނުކަމާއިމެދު ިސްނައިނުލަނީ ކީއްވެގެންހެއްޔެވެ؟ 

"ތިއަބައިމީހުންނަށްޓަކައި ހަމަތިއަބައިމީހުންގެ ނަފްސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެކުޅަދުންވަންތަކަމުގެ ހެކިތަކުގެތެރެއިންވާ ކަމެކެވެ. އެއީ ތިއަބައިމީހުން އެކަނބަލުންގެފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިއަބައިމީހުނގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން ފިކުރު ހިންގާ ބައަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫމް: 21)

`A’ishah reported that she accompanied the Prophet in a travel when she was still slim. The Prophet told people to move forward and then he asked `A’ishah to race with him. They had a race and `A’ishah won.

In a later travel, when `A’ishah had forgotten the race and had already gained weight, the Prophet told her to race with him again. She declined, “How can I race with you while I am in such a condition?”

The Prophet insisted and they did have a race. The Prophet won this time. He laughed then and said, “Now, we are even.” (Authenticated by Al-Albani)

 

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް