އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިބްރައީސް ފައިސަލް ނަސީމަށް! ފުރަތަމަ ނަޖިހުން މިސްކިތްތައް ސަލާމަތްކޮށްދެއްވާ ނަމާދުކުރެވޭނެ ގޮތް ހައްދަވާ ދެއްވަންވީ ނޫންތޯ؟

ނައިބްރައީސް ފައިސަލް ނަސީމަށް! ފުރަތަމަ ނަޖިހުން މިސްކިތްތައް ސަލާމަތްކޮށްދެއްވާ ނަމާދުކުރެވޭނެ ގޮތް ހައްދަވާ ދެއްވަންވީ ނޫންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ޢިއްޒަތްތެރި ނައިބް ރައީސް ފައިޞަލް ނަސީމްއެވެ. ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކޮށް މަތިވެރިކުރަން މަނިކުފާނު އެކި ފަރާތްތަކާއި މަޝްވަރާކުރައްވާ ކަމުގެ ޚަބަރުތައް ދޭތެރެޑޭތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފެންނާތީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް އެބަ ލިބެއެވެ. 

ތިކުރައްވާ މަޝްވަރާތަކުގެ ނަތީޖާ ފެންނަގޮތާއިމެދު ސުވާލުވެސް އުފެދެއެވެ. އެއީ ޚާއްޞަ އެހީއަށް ބޭނުންވެފައިވާ މީހަކާއި އަޅައިލާނެ އެއްވެސް ފަރާތެއް މިޤައުމުގައި ނެތުމުން މިސްކިތްތަކުގައި ނަމާދުކުރަން ހުރަސްއެޅި އެކަމުގ ކަންބޮޑުވުން އޮތްކަން ހާމަކުރަމުން ގެންދާއިއރުވެސް އެކަން ޙައްލުކޮށްލައިދޭނެ އެއްވެސް ފަރާތެއް އަދިވެސް ނުފެންނާތީއެވެ. 

ރޭގެ ޢިޝާ ނަމާދަށް ބަންގިގޮވިއިރުވެސް އޭނާ އޮތީ މާފަންނު ބޮޑުގޭ މިސްކިތުގައި ނިދާފައެވެ. ނަމާދަށްދިއަ މީހުންގެ ކަންބޮޑުވުމަކީ އޭނާ މިސްކިތުގައި އޮތީ ނަޖިހާއި އެކުކަން ނުވަތަ ނޫންކަންވެސް ނުއެނގޭތީއެވެ. މީހުންގެ ކަންބޮޑުވުންތައް ފައުޅުކުރުމުން އިމާމް މީހާ ފުލުހުންނަށް ގުޅިއެވެ. ނަމަވެސް އެވަގުތުގައި އެކަމަށް ޢިޖާބަލިބޭނެގޮތް ފުލުހުންގެފަރާތުން ނުވުމުން ނަމާދުކުރަންޖެހުނީ ހުރި ކަންބޮޑުވުންތާއިއެކުގައެވެ. 

ޢިއްޒަތްތެރި ނައިބްރައީސްއެވެ! މިޙާލަތު ވިޔަފާރިވެރިންގެ މުިސްކިތަށާއި ވަގުތީ މިސްކިތަށް ކުރިމަތިވެފައިވާތާ އެތައް ދުވަހެއްވީއެވެ. ފުލުހުންނަށްވެސް އެތައް ފަހަރަކު ހުށަހެޅިއްޖެއެވެ. ވީ ހަމައެއްވެސް ކަމެއް މިހައިތަނަށް ފެންނާކަށް ނެތެވެ. 

ޢިއްޒަތްތެރި ނައިބްރައީސްއެވެ. ތިއަ ހުރަސްއަޅުއްވަމުން ގެންދަވަނީ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމަށެވެ. ނަޖިސްކުރައްވަމުން ތިއަ ގެންދަވަނީ މިބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތަކެވެ. އެކަމަކު އަބަދު މިލިބެނީ އިސްލާމް ދީނުގެ ކަންކަން ކުރިއަރުވަން މަނިކުފާނު ނުހަނު ބުރަކޮށް މަސައްކަތްކުރައްވާކަމުގެ ޚަބަރުތަކެވެ. 

ޢިއްޒަތްތެރި ނައިބް ރައީސްއެވެ. މަނިކުފާނުގެ ސަމާލުކަމަށް މިކަންތައް ގެންނަން މިޖެހުނީ މީގެ ކުރިންވެސް ދެ ފަހަރު މި މައްސަލަ ނޫހުގައި ޖަހައި ޢާންމުކުރުމުންވެސް "ކަހާތަންހިރުވާލި" އެއްވެސް މުއައްސަސާއެއް ސަރުކާރުގައި ނެތުމުންނެވެ. 

ޢިއްޒަތްތެރި ނައިބްރައީސް އެވެ! އެއީ ނުކުޅެދުންތެރިކަންހުރި ބަލިމީހެކެވެ. އޭނާގެ އެއްވެސް ކުށެއް ނެތެވެ! އެނގިގެން މިދަނީ ހަމައެކަނި މިސަރުކާރުގެ މުއައްސަސާތަކުން މިސްކިތްތަކަށް ދެއްވާ ސަމާލުކަމުގެ ބޮޑުކަންދޮގެއްތޯއެވެ! ވީމާ އިސްލާމް ދީނުގެ ކަންކަން މަތިވެރިކުރަން ތިއަކުރައްވާ މަޝްވަރާތަކަށް ހަމަ އައްސަރިބަހާ ސާބަސް ޙައްޤު ދޮގެއްތޯއެވެ! 

https://miadhu.mv/article/read/59350

https://miadhu.mv/article/read/59361

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް