އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުވަފެނަކުން އިތުރު އަޅުކަމެއް ފެނިދާނެތަ؟ ފެނިއްޖެ ނަމަ ޤަބޫލުކުރެވިދާނެތަ؟

ހުވަފެނަކުން އިތުރު އަޅުކަމެއް ފެނިދާނެތަ؟ ފެނިއްޖެ ނަމަ ޤަބޫލުކުރެވިދާނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ބައެއް މީހުން އެބަ ބުނެއެވެ! "ތިމާއަށް ހުވަފެނުގައި ރަސޫލް (ޞޢވ) ފެނިއްޖެއެވެ. މިވެނި ކަމެއް މިވެނި ގޮތަކަށް ކުރަން ޙަދީޘްފުޅުކުރެއްވެވިއެވެ." ބުނުމަށްފަހު އިސްލާމް ދީނުގައި ނެތް އައުކަންކަން އެބަ ތަޢާރަފްކުރެއެވެ. 

މީސްތަކުންނޭވެ! ފުރަތަމަކަމަކީ މީހަކަށް ހުވަފެނުގައި ރަސޫލް (ޞޢވ) ފެނުނުކަމުގައިވީނަމަވެސް އިސްލާމް ދީނުގައި ބަޔާންވެގެން ނުވާ އެއްވެސް އައުކަމެއް (އަޅުކަމެއް) ޙަދީޘްފުޅެއް ނުކުރައްވަވާނެއެވެ. އެހެނީ މީގެ 1400 އަހަރުކުރިން ﷲ ތަޢާލާ ވަނީ އިސްލާމް ދީން ފުރިހަމަކުރައްވަވައި ނިންމަވައިފައެވެ. އެކަން މީސްތަކުންނަށް ބަޔާކުރައްވަވައި ދެއްވެވީ ރަސޫލް (ޞޢވ) އެވެ. އެކަން ޤަބޫލުކޮށް އަހަރެމެން މިތިބީ ހެކިވެގެންނެވެ. 

ދެވަނަ ކަމަކީ ރަސޫލް (ޞޢވ)ގެ ސިފަފުޅު ޝައިޠޯނާއަށް ކޮޕީއެއް ނުކުރެވޭނެއެވެ. ވީމާ މިފަދަ ވާހަކަތައް ދައްކާ މީހުންނަށް ހުވަފެނުގައި ފެނިގެން އެއުޅެނީ މުޅިން ބާޠިލު މީހެކެވެ. ނުވަތަ އެމީހަކަށް އެވަނީ ވަރަށް ބޮޑަށް އޮޅުންއަރައިފައެވެ. 

އިސްލާމްދީނުގެ އަޞްލުތައް ބިނާވެގެންވަނީ ﷲ ތަޢާލާގެ ވަޙީބަސްފުޅާއި ރަސޫލް (ޞޢވ)ގެ ސުންނަތުގެ މައްޗަށެވެ. ވީމާ އެއްވެސް މީހަކަށް ހުވަފެނުގައި ކަމެއް ފެނުނު ނަމަވެސް އިސްލާމް ދީނުގައި ކުރަން އަންގަވާފައިވާ އެއްވެސް އަޅުކަމެއް ކުރާގޮތަށް ނުވަތަ ކިޔާ ތަކެއްޗަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. 

ވީމާ މީހުން ދައްކާ މިފަދަ ވާހަކަތައް ޤަބޫލުކޮށް އެއްވެސް އަޅުކަމެއް ކުރަން ފެންނަން އޮތް ސާބިތުގޮތް ބަދަލުނުކުރާށެވެ! އަދި އައުކަންކަން ވެސް އަޅުކަމުގެ ގޮތުގައި ދީނުގެ ތެރެއަށް ނުވައްދާށެވެ! އެފަދަ ކޮންމެ ކަމަކީ ބިދުޢައެކެވެ. ކުރުމުން ވާނީ ފާފަވެރިއެވެ. އަދި ނުބައިކަން ބޮޑު ޝިރުކުރުކުރުމުގެ ތެރެއަށްވެސް ވެއްޓިގެން ހިނގައިދާނެއެވެ.

ބައެއް ފަހަރު ބައެއް މީހުން އަޅުކަމާއި ދުރުހެލިވާން ފެށުމުން އަޅުކަންކުރުމަށް އިތުރު ހިތްވަރުލިބިގެންދާ ހުވަފެން ފެނެއެވެ. އެއީ ﷲ ތަޢާލާގެ ރަޙްމަތްފުޅެވެ. އެފަދަ ހުވަފެނެއް ފެނިއްޖެ ނަމަ ތަޤްވާވެރިކަން އިތުރުކުރާށެވެ! އަޅުކަންކުރުން ގިނަކުރާށެވެ!   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް