އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ ޤައުމުތަކުގެ އެކުވެރިކަން ދަމަހައްޓަން ގިނަ މަސައްކަތްތަކެއް ކުރެއްވި ކުވައިތުގެ އަމީރު އަވަހާރަވެއްޖެ!

އިސްލާމީ ޤައުމުތަކުގެ އެކުވެރިކަން ދަމަހައްޓަން ގިނަ މަސައްކަތްތަކެއް ކުރެއްވި ކުވައިތުގެ އަމީރު އަވަހާރަވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ކުވައިތުގެ އަމީރު ޝައިޚް ޞަބާހް އަލް ޖާބިރު އަލް ޞަބާޙް ދެމިއޮތުމުގެ ޢާލަމަށް ސަތުރުކުރައްވައިފިކަން ކުވައިތުން މިއަދު ހާމަކޮށްފިއެވެ. އެމަނިކުފާނު ވަނީ ކުވައިތުގެ ވެރިކަން ދިގުމުއްދަތެއްގައި ކުރައްވައިފައެވެ. 

އަވަހާރަވުމުން "އަލްޖަޒީރާ" ފަދަ ބައެއް ނޫސްތަކުން ބުނެފައިވަނީ ގެއްލިގެން އެދިއައީ މުސްލިމް ޤައުމުތަކުގެ މެދުގައި ޞުލްޙަ ޤާއިމުކުރެއްވުމަށް މަސައްކަތްކުރެއްވި "ޕީސްމޭކަރ" ކަމަށެވެ. 

ކުވައިތަކީ އެޤައުމުގެ މުއްސަނދިކަން މުސްލިމް އެހެން ޤައުމުތަކާއި ޙިއްޞާކުރަމުން އަންނަ ޤައުމެކެވެ. އެގޮތުން ރާއްޖެއަށްވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

1929 ވަނަ އަަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަމީރު ވަނީ 2003 ވަނައަހަރު ބޮޑުވަޒީރުކަން ލިބިވަޑައިގަތުމާއި ހަމައަށް ޚާރިޖީވަޒީރުކަން 40 އަހަރު ކުރައްވައިފައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 91 އަހަރެވެ. 

ޙަޔާތްޕުޅުގެ ގިނަ ދުވަސްތައް ހޭދަކުރެއްވެވީ އަނބިކަނބަލަކު ނެތި ގިނިކަންޏާއެވެ. ލިބިވަޑައިގެންނެވި ހަމައެކަނި އަންހެން ދަރިކަނބަލުން ވަނީ ކެންސަރުގެ ޢާލާސްކަންފުޅުގައި 2002 ވަނަ އަހަރު އަވަހާރަވެފައެވެ. ދުނިޔޭގައި ތިއްބެވީ 2 ފިރިހެން ބޭފުޅުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު