އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން ޕްރީޕެއިޑް ޕެކޭޖްތަކަށް ކޮމްބޯ ޕްލޭންސް ތައާރަފުކޮށްފި

ދިރާގުން ޕްރީޕެއިޑް ޕެކޭޖްތަކަށް ކޮމްބޯ ޕްލޭންސް ތައާރަފުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

ދިރާގުން އެ ކުންފުނީގެ މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލެއް ގެނެސް، ކޮމްބޯ ޕްލޭންސް ތައާރަފުކޮށްފިއެވެ.

މިގެނައި ބަދަލްތައް ދައްކާލުމަށް ދިރާގުން ވަނީ ވަރޗުއަލް އިވެންޓެއް ބާއްވާ، ސޯޝަލް މީޑިއާ ޗެނަލްތަކުން ދައްކާފައިއެވެ. ދިރާގު ޕްރީޕެއިޑަށް ގެނައި އަޕްގްރޭޑް ތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް، އެސް. އެމް. އެސް އަދި ޑޭޓާ، ހަމަ އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން އިތުރު ހިލޭ "ޕަރކްސް" ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބިގެންދާނެއެވެ. މި ހިލޭ ޕަރކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ޚިދުމަތްތައް ބޭނުންކުރަން ވަކި ވަކި އެޑް-އޮންސް މިހާރު ގަންނާކަށް ނުޖެހޭނެއެވެ. އެހެންކަމުން، އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތައް ކޮށްލުމުގެ ފަސޭހަކަން މިހާރު ކަސްޓަމަރުންނަށް ލިބޭނެއެވެ.   

ދިރާގުން ޕްރީޕއެއިޑް "ޕަރކްސް" ތައާރަފްކޮށްފައިވަނީ، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގ ފަދަ ޚިދުމަތްތައް ގިނައިން ބޭނުން ކުރާ ކަސްޓަމަރުންނަށް ޚާއްސަކޮށްގެންނެވެ. އަދި މީގެ އިތުރުންވެސް ދިރާގުން ދަނީ އިތުރު ކަސްޓަމަރ ސެގްމެންޓްތަކުން ބޭނުންވާ ފަދަ ޚިދުމަތްތަކުން އިތުރު ޕަރކްސް ތަޢާރަފުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ދިރާގު މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު 250 ރުފިޔާ އިން ފެށިގެން ޕެކޭޖްތައް އެކްޓިވޭޓް ކުރެވޭ އިރު، މި ޕެކޭޖްތައް ދިރާގު ޕްރީޕެއިޑް އަދި ޕްރީޕެއިޑް ރެޑް ކަސްޓަމަރުންނަށްވެސް ބޭނުން ކުރެވޭނެއެވެ. 

އަލަށް ތައާރަފުކުރި ކޮމްބޯ ޕްލޭންސް އާ ގުޅިގެން ދިރާގު ކޮންސިއުމަރ މާކެޓް މެނޭޖަރ އައިޝަތް އިޝާނާ ވިދާޅުވިގޮތުފައި، ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ލިބި، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ. އެގޮތުން، ދިރާގު ޕްރީޕެއިޑް ޚިދުމަތަށް މިގެނައި ބަދަލުގެ ސަބަބުން މިހާރު ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު، އެންމެ އެކްޓިވޭޝަނަކުން ހުރިހާ ޚިދުމަތެއް ލިބި، ހަރަދުކުރަން ޖެހޭ މިންވަރު ވެސް ކުޑަވެގެންދާނެކަމަށެވެ.   

ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސް.އެމް.އެސް ފޮނުވުމުން ވާނެއެވެ. 

ދިރާގު ޕްރީޕެއިޑް ޚިދުމަތަށް ބަދަލުތައް ގެނެސްފައިވަނީ ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް އަދި ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭތްކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމާ ގުޅިގެންނެވެ. ދިރާގުގެ އެކި އެކި ޚިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.

ދިރާގުގެ އާ ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކާ ބެހޭގޮތުން އިތުރު މައުލޫމާތު https://www.dhiraagu.com.mv/dhiraagu_Prepaid.aspx މި ލިންކުން ލިބިވަޑައިގަނަންވާނެއެވެ.

  

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު