އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލުފުށީ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ވިލުފުށީ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ތ.ވިލުފުށީ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

 ވިލުފުށީގައި މީހުން ދިރިއުޅޭ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނަގާފައިވާ  މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2020 އޮކްޓޯބަރ 09 ވަނަ ދުވަހު އެވެ. މި މައްސަލައާ ގުޅިގެން 2020 އޮކްޓޯބަރ 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 36 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ 36 އަހަރުގެ މީހާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފައިސާގެ ބައެއް ފެނިފައިވެއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 36 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްެރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހު މުއްދަތު ދީފައިވެއެވެ. 26 އަހަރުގެ މީހާ ވަނީ ޒަރޫރީ ބޭނުމެއްގައި މެނުވީ 15 ދުވަސް ވަންދެން ރަށުން ނުދިއުމަށް ޝަރުތުކޮށް ދޫކޮށްލާފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު