އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންނަށް ނުބައިބަސް ބުނުމަކީ ޢަޛާބު ދެއްވަވާނެ ފާފައެއް!: މުފްތީ މެންކް

ދަރިންނަށް ނުބައިބަސް ބުނުމަކީ ޢަޛާބު ދެއްވަވާނެ ފާފައެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

މިހާރަކަށް އައިސް ބައެއް ކުޑަކުދިން އެމީހުންގެ މައިންބަފައިން އެމީހުންނަށް ނުބައިބަސްބުނެ ހަޑިހުތުރު ނަމުން ގޮވައި މައިންބަފައިން ކޮށްދޭންޖެހޭނެ ކަންކަން ކޮށް ނުދޭނެ ކަމަށް ބުނާކަމުގެ ޝަކުވާ އެކުދިން އެބަ ކުރެއެވެ. މިއީ އެމީހަކަށް ﷲ ތަޢާލާ ޢަޛާބު ދެއްވަވާނެ ކަމެކެވެ. 

ހަމައެކަނި ދަރިންނަކަށް ނޫނެވެ. އެއްވެސް މީހަކަށް އެފަދަ ބަސްތައް ނުބުނާށެވެ! އެއީ ﷲ ތައާލާ ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ. 

މައިންބަފައިން ނުރުހޭ ކަމެއްވެސް ދަރިންނަށް ކުރެވިދާނެއެވެ. އެފަދަ ޙާލަތުގައިވެސް ދަރިންނާއި މުޢާމަލާތުކުރަންވާނީ އިންޞާފުންނެވެ. މައިންބަފައިންގެ ކިބައިގައި ތަނަވަސްކަން ހުރުމުން ދުވަހަކުވެސް ދަރިންގެ އެހީތެރިކަން ބޭނުން ނުވާނެކަމަށް ދެކެގެން ނުވާނެއެވެ. އެކުދިންނާއިމެދު ނުބައިކޮށް އަމަލުކޮށް ނުބައި ބަސްތައް ބުނެގެން ނުވާނެއެވެ. އެކުދިންގެ ހިތުގައި ނަފްރަތު އުފެދޭނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. 

ކުރި ކުށަކަށް ޙައްޤު އަދަބުދޭށެވެ! އެއިރުން އެވަގުތު ކުއްޖާ ނުރުހުނު ނަމަވެސް ބޮޑުވުމުން އެކަން މައިންބަފައިން ކުރި ސަބަބު ވިސްނި ތަޢްރީފްވެސް ކުރާނެއެވެ. އަދި ކީއްހެއްޔެވެ؟ ކޮންމެ ކުޑަކުއްޖަކީވެސް ﷲ ތައާލާގެ ރަޙްމަތުގައިވާ ކުއްޖެކެވެ. ކުއްޖާ އާއިމެދު ޢަމަލުކުރާގޮތް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އަނިޔާވެރިވެއްޖެ ނަމަ އެކަމަށް ޢަޖާބު ދެއްވަވާނެތެވެ. 

ވީމާ ގޭގައި އެއްވެސް އެހެން މީހަކަށް ނުއެނގޭ ގޮތަށް ނުބައި ބަސްތައް ބުނެ އަނިޔާ ނުކުރާށެވެ! ދުނިޔޭގެ އެންމެންނަށް އެކަން ސިއްރުކުރެވުނު ނަމަވެސް 7 އުޑުމަތިން ﷲ ތަޢާލާ އެކަން ބައްލަވައިވޮޑިގެންވެއެވެ. 

ލިބިފައިވާ ބައެއް ޝަކުވާ އާއި ގުޅިގެން ބައްޕައިންނަށް ބުނެލަމެވެ. އެކުދިންގެ މައިމީހާއަށް އިހާބނެތިކޮށް ހިތާނަމަ ދަރިންގެ ނުރުހުން ލިބޭނެއެވެ. ބައްޕަ ހިލޭ އަންހެނުންނާއި ސިއްރުން ގުޅުން ހިނަގާކަން އެނގި މައިމީހާ ހިތާމަކުރާނަމަ އެކަމުގެ ތެރެއަށް ބޮޑެތިވެފައިވާ ކުދިން ވަންނާނެއެވެ. ބަސްބުނާނެއެވެ. ކަންކަންވެސް ކުރާނެއެވެ. އެ ޙާލަތުގައި ދަރިން ދެކެ ރުޅި އައުމުގެ އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ 

ވީމާ ފުރަތަމަކަމަކަށް ތިމާ އިޞްލާޙްވާށެވެ! އެކުދިންގެ މައިމީހާ ތިބާގެ އަނބިމީހާއަށް ތބާ ރަނގަޅަށް ކަންކަންކުރާށެވެ! ނޫންނަމަ ދުނިޔޭގައިވެސް އެީހަކަށް އެކަމުގެ ގެއްލުން ނުލިބި ނުދާނެއެވެ. އުމުރުން ދުވަސްވެ މުސްކުޅިވާ ދުވަހު ބާކީވާންޖެހޭ މީހުން ގިނަވަމުންދަނީ މިފަދަ ކަންކަމަށް ވިސްނާނުލައި ކަންކަންކުރާތީއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


22%
ވ.ރަނގަޅު
0%
ރަނގަޅު
44%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް