އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖަށް ތޭރަ އަހަރު ފުރުން ފާހަގަ ކޮށްފި!

ވިލާ ކޮލެޖަށް ތޭރަ އަހަރު ފުރުން ފާހަގަ ކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 8 ސިކުންތު

2007 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދެމުން އަންނަ،ވިލާ ކޮލެޖަށް ތޭރަ އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.

ރާއްޖޭގެ ފުރަަތަމަ ޕްރައިވެޓް ކޮލެޖަށް މިއަދު 13 އަހަރު ފުރުނުއިރު ވޭތުވެދިޔަ އަހަރު ފާހަގަ ކުރެވިފައި ވަނީ ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައެވެ. އެގޮތުން 2019 ވަނަ އަހަރު ވިލާ ކޮލެޖުން 1954 ދަރިވަރުން ދަސްވެނިވެފައިވެއެވެ. އަދި 16 އައު ޕްރޮގްރާމެއް ތަޢާރަފް ކުރެވިގެން ދިޔައެވެ. ހަމަ އެހެންމެ، 2019 ވަނަ އަހަރު، ވިލާ ކޮލެޖު ވެގެން ގޮސްފައިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖޭސީއެމް ރެޖިސްޓަރޑް ޕްރޮޖެކްޓެއް ހިންގި ފަރާތަށެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެޓް މީޓެރިންގ ސިސްޓަމެއް ޤާއިމުކުރެވި، ސޯލާ ޕީވީ ސިސްޓަމްތައް 74،000 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވެއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު، ވިލާ ކޮލެޖުން ގްރީން އިނިޝިއޭޓިވް ލޯންޗުކޮށް، އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ވަނީ މަނާ ކުރެވިފައެވެ. އެކަމުގެ ތެރެއިން ވޯޓަރ ޕިއުރިފަޔަރ މެޝިންތައް ވިލާ ކޮލެޖުގެ ހުރިހާ ކެމްޕަހެއްގައި ހަރުކުރެވި، މުވައްޒަފުންނާއި ދަރިވަރުންނަށް، ކޮލެޖުގެ ބްރޭންޑެޑް ފެންފުޅިވެސް ވަނީ ދެވިފައެވެ. މީގެ އިތުރުން، ދަރިވަރުންގެ ކޮލެޖުގެ ތަޖުރިބާ ރަނގަޅު ކުރުމަށްޓަކައި ކޮލެޖުގެ ލައިބްރަރީ އިތުރަށް ހަރުދަނާ ކުރެވި، ބްލެންޑެޑް ލަރނިންގ ވެސް ވަނީ ތަޢާރަފް ކުރެވިފައެވެ. 

މިއަދު ވިލާ ކޮލެޖުގެ ފަރާތުން، 2019 އަހަރުގެ އަހަރީ ރިޕޯޓާއި، އިންޓަރނޭޝަނަލް ޖަރނަލް ފޯ ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަންގެ ވޮލިއުމް 4 އިޝޫ 1 ގެ އިތުރުން ވިލާ ކޮލެޖުގެ ޕޮލިސީ ގެޒެޓް ވަނީ ލޯންޗު ކޮށްފައެވެ. މި އިވެންޓުގައި ވިލާ ކޮލެޖުގެ ފަރާތުން އެންމެ ރަނގަޅަށް މަސައްކަތް ކުރާ ޑިޕާރޓްމަންޓްތަކަށް މިއަހަރުވެސް ޚާއްސަ 3 އެވޯޑެއް ވަނީ ދެވިގެން ގޮސްފައެވެ. އަދި އެކި ދާއިރާތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ އެވާޑުތަކެއްވެސް ވަނީ ދެވިގެން ގޮސްފައެވެ. 

ވިލާ ކޮލެޖެގު ޑައިމަންޑް އެވޯޑް ފޯރ އެކްސެލެންސް އިން ކޮލިޓީ : 

ވިލާ ކޮލެޖުގެ ޑައިމަންޑް އެވޯޑަކީ ވިލާ ކޮލެޖުގެ ޑިޕާރޓްތަކުން ކުރާ ބުރަ މަސައްކަތުގެ އަދުގެ ވަޒަންކޮށް ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މި އެވާޑުތައް ގިންތި ކުރެވިފައިވަނީ ޕްލެޓިނަމް، ގޯލްޑް އަދި ސިލްވާ މި 3 ކެޓަރީ އަށެވެ.

ސިލްވަރ ކެޓެގަރީ އިން އެވަރޑް ހާސިލްކުރީ ސްކޫލް އޮފް ހެލްތް ސައިންސަސް އެވެ.

ގޯލްޑް ކެޓެގަރީ އިން އެވަރޑް ހާސިލްކޮށްފައިވަނީ މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓް، ރެޖިސްޓްރޭޝަންސް ޑިޕާޓްމަންޓް، ސެންޓަރ ފޯ އޯޕަން އެންޑް ޑިސްޓަންސް ލަރނިންގ އަދި ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް އެވެ. 

ޕްލެޓިނަމް އެވަރޑް ލިބިފައިވަނީ ޕޮލިސީ އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓަށެވެ. 

ވިލާ ކޮލެޖް ސްޓާފް އެކްސެލެންސް އެވޯރޑް:  

ވިލާ ކޮލެޖުގެ ސްޓާފް އެކްސެލެންސް އެވޯޑަކީ ވިލާ ކޮލެޖުގެ މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އެބޭފުޅަކު މަސަކަތްކުރާ ދާއިރާއަކުން އެންމެ ޚިދުމަތްތެރި މުވައްޒަކު ހޮވުމަށް ދެވޭ އެވޯޑެކެވެ. 8 ދާއިރާއަކަށް ބެހިފައިވާ މި އެވޯޑް ޙާސިލް ކޮށްފައިވަނީ :

- އެކްސެލެންސް އިން ރިސާރޗް އެންޑް ސުޕަވިޝަން ދާއިރާއިން އެވަރޑް ހާސިލް ކުރީ ސެންޓަރ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްގެ ރިސްރޗް އެސިސްޓަންޓް، އަލްފާޟިލާ ހިދާޔާ މުޙައްމަދު ޒާހިރެވެ.

- އެކްސެލެންސް އިން ޓީޗިންގ އެވޯޑް ހާސިލްކޮށްފައިވަނީ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓްގެ ލެކްޗަރަރ، އަލްފާޟިލާ ޢައިޝަތު ތަޝްކީލް އަދި ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ލެކްޗަރަރ، އަލްފާޟިލާ ޢައިޝަތު މުހުދާއެވެ. 

- އެކްސެލެންސް އިން ސަޕޯޓްސަރވިސަސް އެވޯޑް ހާސިލް ކުރީ ސެންޓަރ ފޯ އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީގެ ކޮމްޕއުޓަރ ޕްރޮގްރާމަރ، މުޙައްމަދު ޝާހިދުލް އިސްލާމެވެ.

- އެކްސެލެންސް އިން ކަސްޓަމާ ސަރވިސް އެވޯޑް ހާސިލްކޮށްފައި ވަނީ ޕޮލިސީ އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ޑިރެކްޓަރ، އަލްފާޟިލާ މަރިޔަމް ނަޒްވިޔާއެވެ. 

މި އިވެންޓުގައި ވިލާ ކޮލެޖުގެ ސްޓާފް ކުލަބުގެ ފަރާތުން ހިންގި މުބާރާތްތަކުން ވަނަ ވަނަ އަށް އައި މުވައްޒަފުންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އެގޮތުން، ކޮލެޖުގެ ސްޓާފް ކުލަބުން ބޭއްވި ބިގެސްޓް ލޫޒަރ މުބާރާތް، ވީސީ ރަން، ޤުރްއާން މުބާރާތް، މަދަހަ މުބާރާތް، ވީސީ އައިޑޮލް އަދި މިއީ ކާކު ޗެލެންޖުން ވަނަ ވަނަ އަށް އައި މުވައްޒަފުންނަށް ޚާއްސަ އިނާމުތައްވަނީ  ލިބިފައެވެ. 

ވިލާ ކޮލެޖުން ބުނެފައިވަނީ އެ ކޮލެޖުގެ އަބަދުވެސް އަމާޒަކީ ފެންވަރު ރަނގަޅު މަތީ ތަޢުލީމުގެ ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ފޯރު ކޮށްދިނުން ކަމަށާއި އެގޮތުން ކުރިއަށް ހުރި އަހަރު ތަކުގައިވެސް ހިތްވަރާއެކު އެ މިސްރާބަށް މަސައްކަތް ކުރުމަކީ މުވައްޒަފުންގެ އެންމެ ބޮޑު އަމާޒު ކަމުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު