އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތާމައާ ހިތްދަތިކަން ލިބުމުން އޮހޮރާ ކަރުނަ ދުވަހަކުވެސް ބޭކާރު ނުކުރައްވަވާނެތެވެ! އިން ޝާ ﷲ: މުފްތީ މެންކް

ހިތާމައާ ހިތްދަތިކަން ލިބުމުން އޮހޮރާ ކަރުނަ ދުވަހަކުވެސް ބޭކާރު ނުކުރައްވަވާނެތެވެ! އިން ޝާ ﷲ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ހިތާމައާއި ހިތްދަތިކަން ލިބުމުން އޮހޮރާ ކަރުނަ ދުވަހަކުވެސް ބޭކާރެއް ނުކުރައްވަވާނެއެވެ! ތިބާގެ ހިތަށްކުރާ އަސަރު ތިބާއަށްވުރެ މާބޮޑަށް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. 

ތިބާގެ ވަށައިގެންވާ އެންމެންނަށްވުރެ ﷲ ތަޢާލާ ދެކެ ލޯބިވުން އިތުރުކުރަން މަސައްކަތްކުރާށެވެ! އެންމެންނަށްވުރެ ގާތަށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ވެސް ގަދައަޅައި މަސައްކަތްކުރާށެވެ! 

ތިބާއަށް ތިބާގެ ވަށައިގެން ފެންނަނީ ކަޅުއަނދރިކަން އެކަނި ކަމަށްވެސް ވެދާނެއެވެ! ކިތަންމެ ގަދަ އަނދިރީގައި ތިބާ ހުރިނަމަވެސް، ތިބާއަށް ތިބާ ނުފެންނަހައި އަނދިރީގައި ހުރިނަމަވެސް ތިބާގެ ހިތުގެ އެންމެ ހިމަ ނާރުވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ޖަހާ ވިންދު ދެކެވޮޑިގެންވެއެވެ. ވިންދުގެ އަޑުވެސް އައސަވައިވޮޑިގެންވެއެވެ! 

ކެތްތެރިވެލައި ކިޔަމަންތެރިކަން އިތުރުކުރާށެވެ! ތިބާގެ ވަށައިގެންވާ އަނދިރި ކަމުން ތިބާ ނެރުއްވަވައި ދެއްވަވައި ތިބާ ބޭނުންވާ އަލިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް