އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރު ނަމާދުގަ އިހުސުންނަތެއް ނޯންނާނެ! ނެތް ނަމާދެއް ނުކުރެވޭނެ! ހުކުރު ނަމާދަށްފަހު 4 ރަކްޢަތް ކުރަންވާނެ!

ހުކުރު ނަމާދުގަ އިހުސުންނަތެއް ނޯންނާނެ! ނެތް ނަމާދެއް ނުކުރެވޭނެ! ހުކުރު ނަމާދަށްފަހު 4 ރަކްޢަތް ކުރަންވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

"ކީރިތި ރަސޫލާ صلى الله عليه وسلم ހުކުރު ނަމާދުގައި އިހު ސުންނަތް ކުރައްވާފައެއް ނުވެއެވެ. އަދި އަޞްޙާބު ބޭކަލުންވެސް ހުކުރު ނަމާދުގައި އިހު ސުންނަތް ކުރެއްވިކަން ސާބިތެއް ނުވެއެވެ. އަދި ހުކުރު ނަމާދުގެ ކުރިން މެންދުރު ނަމާދުގެ އިހު ސުންނަތް ކުރުމެއްވެސް ނޯންނާނެއެވެ. އެހެނީ ހުކުރު ނަމާދަކީ މެންދުރު ނަމާދެއް ނޫނެވެ. ހުކުރު ނަމާދަކީ އެ ނަމާދަށް ޚާއްޞަވެގެންވާ ޙުކުމްތަކެއް އޮންނަ ޚާއްޞަ އަޅުކަމެކެވެ. "

"ހުކުރު ނަމާދަކީ އިހު ސުންނަތް އޮތް ނަމާދެއް ނޫނެވެ. ވީމާ އިހު ސުންނަތެއް ނުކުރެވޭނެއެވެ. ނަމަވެސް މީހަކު ބޭނުންނަމަ އިމާމް މީހާ ހުކުރު ޚުޠުބާ ފަށަންދެންވެސް އެމީހަކު ބޭނުނަވަރަކަށް ނަމާދުކުރެވިދާނެއެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ!"

والله أعلم

ސުންނަތުން ސާބިތުވާން އޮތް ގޮތުގައި ހުކުރު ނަމާދަށްފަހު ރަސޫލް ﷺ  ސުންނަތް 4 ރަކްޢަތް ކުރެއްވެވިއެވެ. 4 ރަކްޢަތް މސްކިތުގައިވެސް ކުރައްވަވާފައި އެބަހުއްޓެވެ. އަދި މިސްކިތުގައި 2 ރަކްޢަތް އަދި ގޭގައި (ގަނޑުވަރުކޮޅަށް ވަޑައިގެން) 2 ރަކްޢަތް ކުރައްވަވަފައި އެބަހުއްޓެވެ. 

ބުނެލަން ބޭނުމީ ސުންނަތުގައި ނެތް ނަމާދެއް އުފައްދައިގެން ނުކުރެވޭނެކަމެވެ. އެއިރުން އެކަންވާނީ ބިދުޢައަކަށް ކަމަށެވެ. ވީމާ ހުކުރު ނަމާދުގެ ނުވަތަ ހުކުރު ދުވަހުގެ މެންދުރު ނަމާދުގެ އިހު ސުންނަތުގެ ނަމުގައި ނިޔަތްގަނެގެން ކުރެވޭނެ އެއްވެސް ނަމާދެއް ސުންނަތަކު ނެތެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް