އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގައި ހުރިހާ ދުވަހަކު ސުވަރުގެ ދެއްވެވުން އެދި ކޮންމެ ދުވަހަކު މިފަދައިން ދުޢާކުރާށެވެ!: މުފްތީ މެންކް

ދުނިޔޭގައި ހުރިހާ ދުވަހަކު ސުވަރުގެ ދެއްވެވުން އެދި ކޮންމެ ދުވަހަކު މިފަދައިން ދުޢާކުރާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ކޮންމެ ދުވަހަކު މިފަދައިން 3 ފަހަރު ދުޢާކޮށް ތިމާއަށް ސުވަރުގެ ދެއްވެވުން އެދި ދަންނަވަމުން ގެންދާށެވެ! އެއިރުން ތިބާ ސުވަރުގެ ވައްދަވައިދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ސުވަރުގެ ދަންނަވާނެތެވެ. 

މިފަދައިން ދުޢާކުރުމަކީ ހަމައެންމެ ދުވަހަކު ކޮށްފައި ނިންމައިލަން އޮތް ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ކުރަމުން ގެންދަންވީ ކަމެކެވެ. ދުނިޔޭގައި ހުރި ހުރިހާ ދުވަހަކުއެވެ. ކޮންމެ ދުވަހަކު ކުރަމުން ގެންދާނަމަ ކޮންމެވެސް ދުވަސްތަކެއްގައި ކުރެވޭ ދުޢާ ޢިޖާބަ ކުރައްވަވާނެތެވެ! އިން ޝާ ﷲ 

ދުޢާ: 

اللهم اني اسالك الجنة

މީސްތަކުންނޭވެ! ސުވަރުގެއަކީ ﷲ ތަޢާލާގެ މިލްކުފުޅުގައިވާ ތަނެކެވެ. އެތަނަށް ވައްދަވާނެ މީހުން ކަނޑއަޅުއްވަވާނީ ﷲ ތަޢާލާއެވެ. އެކަލާނގެ ހެޔޮ ރަޙްމަތްފުޅުންނެވެ. ދީލަތިވަންތަކަމުންނެވެ. 

އަހަރެމެން ކިތަންމެ ގިނަ ހެޔޮ ޢަމަލެއް ކުރިކަމުގައިވިނަމަވެސް ސުވަރުގެ ވައްދަވާނީ އެކަލާނގެ އިރާދަކުރެއްވެވި މީހެކެވެ. އެކަލާނގެ ދީލަތިވަންތަކަމާ ހެޔޮ ރަޙްމަތްފުޅުންނެވެ. 

އަހަރެމެން ހެޔޮ އަމަލުކުރި ނަމަވެސް އެޢަމަލު ޤަބޫލުފުޅު ކުރެއްވެވުން ވަނީ ﷲ ތަޢާލާއަށެވެ! ވީމާ ކުރާ ކޮންމެ ހެޔޮ އަމަލެއްވެސް ވީހައި ފަރުވާތެރިކަމާއެކު ވީހައި ބޮޑަށް ސަމާލުކަންދީގެން ކުރަން މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވައްދަވާ އަޅުންގެތެރޭގައި ހިމެނޭނީ އެއިރުންނެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް