އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭގަނޑުގެ ފަހު ދަންފަޅި އަޅުކަމަށް ޚާއްޞަކޮށް ﷲ އާ ކުއްތަންވާން މަސައްކަތްކުރަންވީ ކީއްވެ؟

ރޭގަނޑުގެ ފަހު ދަންފަޅި އަޅުކަމަށް ޚާއްޞަކޮށް ﷲ އާ ކުއްތަންވާން މަސައްކަތްކުރަންވީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

މީސްތަކުން ދުނިޔޭގައި ލެއްވެވީ ﷲ ތަޢާލާއަށް އަޅުކަންކުރުމަށެވެ. އަބަދުވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށެވެ. ޛިކުރުކުރުންމަތީގައި ތިބުމަށެވެ. ނަމަވެސް ދުވާލުގެ ގިނަ ވަގުތުތަކުގައި އެކަންކަން އޮންނަނީ ނުކުރެވިފައެވެ. އެއީ ދިރިއުޅުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަވެފައި ބުރަކަމުންނެވެ. 

މިކަންކަން މިފަދައިން މެދުވެރިވާނެކަން ﷲ ތައާލާ ދެނެވޮޑިގެންވެއެވެ. ރޭގަނޑުގެ ފަހު ދަންފަޅި އެންމެ މާތް ކުރައްވަވައި ދަމުނަމާދުކުކޮށް ޤުރްއާން ކިޔަވައި ޛިކުރުކޮށް ދުޢާ ކުރަން ޚާއްޞަ ވަގުތެއްކަމަށް ލައްވަވާފައި އެވަނީ އެސަބަބަށްޓަކައެވެ. އެވަގުތަކީ ދިރިއުޅެން އެއްވެސް މަސައްކަތެއް ކުރަންޖެހޭނެ ވަގުތަކަށް ނުވާނެތީއެވެ. ސިކުނޑިން ދުނިޔަވީ ކަންކަން ހުސްކޮށްލައި ﷲ ތަޢާލާއަށް ޚާއްޞަކުރެވޭނެ ވަގުތަކަށްވާތީއެވެ. 

ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. މިއީ އަހުރެންގެ ވިސްނުމެވެ. 

މީސްތަކުންނޭވެ! އެނގިގެން މިދަނީ ﷲ ތަޢާލާ މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރެވެ! ﷲ ތަޢާލާ ޢާއި ކުތަންވެ ސުވަރުގެ ލިބުމަށް މަސައްކަތްކުރަން އެދިވޮޑިގަންނަވާ މިންވަރެވެ! ވީމާ މިހައި ތަނަވަސް ފުރުޞަތުތައް މިންވަރުކުރައްވަވައި ދެއްވަވާފައި އޮތުމުންވެސް ފުރުޞަތުގެ ބޭނުން ނުހިފައި ކަންނެތްވ ނިދަން ތިބެފައި ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވުމަށް އެދެން ލަދުވެތިވާން ނުޖެހޭ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ﷲ ތަޢާލާ ދެއްވަވާފައިވާ މިފަދަ އަގުބޮޑު ފުރުޞަތުތައް ނަގައިނުލާށެވެ! ކަންނެތްވެ އެފަދަ ވަގުތުތަކުގައި ނިދަން ނުތިބޭށެވެ! ރޭއަޅުކަމުގައި ވަގުތު ހޭދަކުރާށެވެ! ވާން އޮތްވަރަކަށް އެކަމުގައި ހޭދަކުރާ ވަގުތުތައް ގިނަކުރާށެވެ! ތިބާއަށް ދެދުނިޔޭގައިވެސް ކާމިޔާބީ މިންވަރުކުރައްވަވަި ދެއްވަވާނެތެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް