އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އަށް ލޯބިން ހިނިތުންވުމާ ސަލާމްކުރުމަކީ ބުރައަކާއި ނުލާ ކުރެވޭ ހެޔޮ ޢަމަލުތައް އިތުރުވެގެންދާނެ ކަމެއް!: މުފްތީ މެންކް

ﷲ އަށް ލޯބިން ހިނިތުންވުމާ ސަލާމްކުރުމަކީ ބުރައަކާއި ނުލާ ކުރެވޭ ހެޔޮ ޢަމަލުތައް އިތުރުވެގެންދާނެ ކަމެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

މިއަދު މީސްތަކުން ބައްދަލުވުމުން އެކަކު އަނެކަކަށް ހިނިތުންވެލަނީ އެއީ ދަންނަ މީހަކު ކަމުގައިވާނަމައެވެ. އަދި ސަލާމް ކުރަނީވެސް ދަންނަ މީހުންނާއިއެވެ. އެމީހެއްގެ ކިބައިން ކަމަކު އެދޭނަމައެވެ. މިއީ ހައިރާންވާން ޖެހޭ ކަންކަމެއް ނޫނެވެ. 

މުސްލިމުންނަކީ އެކަކު އަނެކަކާއި ބައްދަލުވުމުން ސަލާމްކުރަންޖެހޭ ބައެކެވެ. ސަލާމް ކުރުމަކީ ޘަވާބު ދެއްވަވާ އަޅުކަމެކެވެ. ހަމައެއާއިއެކު ސަލާމްކުރުމަށް އަވަސްވެގަތުމުން ޘަވާބު އިތުރުކުރައްވަވައި ދެއްވަވަތެވެ. ސަލާމްކުރަން ފަސްޖެހެމުން މިދަނީ މިކަންކަން އެނގިތިބެއެވެ. 

އެހެނަސް މިއީ ޙައިޜާންވާންޖެހޭ ކަމެއް ނޫން ކަމަށް މިބުނަނީ މިދުވަސް ބައްދަލުކޮށް މިހާލަތަށް ކަންކަން ދާނެކަން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާތީއެވެ. 

މީސްތަކުންނޭވެ! އަހަރެމެން މީސްތަކުންނާއި ސަލާމްކުރަންވީ އޭނާއަކީ ތަނަވަސް މީހަކަސްވުމަކުން ނޫނެވެ. ލައިގެން ހުންނަ އަގުބޮޑުހެދުމާއި ދުއްވާ އަގުބޮޑު ކާރަށް ބަލައިގެނެއް ނޫނެވެ. މީސްތަކުންނަސް ހިނިތުންވެ ސަލާމްކުރަންވީ ﷲ ތަޢާލާ އެކަން ކުރަން އަހަރެމެންނަށް އަނގަވާފައިވާތީއެވެ. 

ހަމައެއާއިއެކު އެކަކު އަނެކަކުދެކެ ލޯބިވާންވީ ވެސް ﷲ ތަޢާލާއަށްޓަކައެވެ. ﷲ ތަޢާލާއަށްޓަކައި މީސްތަކުން ދެކެ ޅޯބިވާ މީހާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ވީމާ ކޮންމެ މީހަކާއި ބައްދަލުވިނަމަވެސް އުފާވެރިކަމާއިއެކު ހިނިތުންވެލާށެވެ! ސަލާމް ކުރާށެވެ! (ސަލާމްގޮވާށެވެ!) އެއިރުން އެއްވެސް ބުރަކަމެއް ނުއުފުލައި އެމީހަކަށް ކުރެވޭ ހެޔޮ އަމަލުތައް ދާނީ އިތުރުވަމުންނެވެ.

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް