އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރު ދުވަހުގެ މާތްކަން ލިބިގަތުން-

ހުކުރު ދުވަހުގެ މާތްކަން ލިބިގަތުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ނައީޝާ ޢަބްދުﷲ ޢަބްދުލްބާރީ 

 

ހަފްތާގެ އެހެން ދުވަސްތަކަށް ވުރެ ހުކުރު ދުވަހަކީ އަހަރެމެން މުސްލިމުންނަށް ވަރަށް މުހިއްމު ދުވަހެކެވެ. سورة الجمعة ގެ 9ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ  "

އަބޫ ހުރައިރާ ރިވާކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ. " އިރު އެދުވަހަކަށް އަރާ އެންމެ މުހިއްމު ދުވަހަކީ ހުކުރު ދުވަހެވެ. އެދުވަހު އާދަމް ޢަލައިހިއްސަލާމް އުފައްދަވާ، ސުވަރުގެއަށް ވެއްދެވިއެވެ. އަދި އެކަލޭގެފާނު ސުވަރުގެއިން ނެރެލެއްވުނީވެސް ހުކުރު ދުވަހެއްގައެވެ. އަދި ޤިޔާމަތް ވާނީވެސް ހުކުރު ދުވަހެއްގައެވެ. "  މި ޙަދީޘް ބަސްފުޅުން ވެސް ހުކުރު ދުވަހުގެ މާތްކަން ހާމަވެގެން ދެއެވެ. އެހެންކަމުން، އެދުވަހަށް ބިރުވެތިވެ، ﷲ އަށް ކުއްތަންވުމުގައި ގިނަ ވަގުތު ހޭދަކުރާށެވެ. 

ހަމައެއާއެކު، ހުކުރު ދުވަހުގައި ދުޢާ އިޖާބަކުރައްވާ ވަގުތެއްވާކަމަށް އަބޫ ލުބާބަ އިބުނި އަބްދުލް މުންޛިރް ރިވާކުރެއްވި ޙަދީޘް ބަސްފުޅެއްގައިވެއެވެ. އަދި ހުކުރު ދުވަހަށް ބިރުވެތިނުވާ އެއްވެސް މަލާއިކަތްބޭކަލެއް، އެއްވެސް ފަރުބަދައެއް އަދި ކަނޑެއް ނުވާނެކަމަށް އެޙަދީޘް ބަސްފުޅުގައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، ހުކުރު ދުވަހުގައިވާ ދުޢާ އިޖާބަކުރައްވާ ވަގުތަކީ އަސުރު ނަމާދުން ފެށިގެން އިރު އޮއްސިއްޖެއުމަށް ދާންދެންނެވެ. އަދި އެހެން ޢިލްމުވެރިން ވިދާޅުވަނީ އެއީ ޚުޠުބާ ކިޔުއްވުމަށް އިމާމު ފަށްޓަވާ ވަގުތުން ފެށިގެން ނަމާދުކޮށް ނިމުމާ ދެމެދުއެވެ.  

އެހެންކަމުން ލިބޭ ވަގުތުގެ ބޭނުންހިފާ ހެޔޮ ގޮތުގައި މިދުވަސް ހޭދަކުރާށެވެ. އެކަލާނގެއީ ގިނަ ގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް