އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީރާގެ ވާރުޕޭ އިން އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

މީރާގެ ވާރުޕޭ އިން އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ބަލައިގަތުމަށް ޚާއްސަކޮށްފައިވާ މީރާގެ އޮންލައިން ޚިދުމަތް "ވާރުޕޭ" އިން އުރީދޫ "އެމް-ފައިސާ" މެދުވެރިކޮށް ފައިސާ ދެއްކުމުގެ ޚިދުމަތް މީރާއާއި އުރީދޫ ގުޅިގެން ތައާރަފުކޮށްފިއެވެ.

މި ޚިދުމަތް ތައާރަފުކުރުމަށް މީރާގައި ބޭއްވި ހަފްލާގައި، މީރާއާއި އުރީދޫއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މި އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލާ އަސްމާ ޝަފީޢު، އަދި އުރީދޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް ނަޖީބް ޚާންއެވެ.

މި ޚިދުމަތަކީ މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކޮށްފައިވާ ޚިދުމަތެއް ކަމުގައި މީރާއިން މައުލޫމާތުދެއެވެ. އަދި، މީރާގެ މަޤުސަދަކީ މިފަދަ ޚިދުމަތް ފޯރުކޮށްދޭ އިތުރު ފަރާތްތަކާއި ގުޅިގެން، މި ފަދަ ގިނަ ޚިދުމަތްތައް ތައާރަފުކުރުން ކަމަށް މީރާއިން މައުލޫމާތުދެއެވެ. މިގޮތުގެ މަތިން، ވަރަށް ފަހުން، މީރާ އާއި ދިރާގު ގުޅިގެން ވަނީ "ވާރުޕޭ " އިން "ދިރާގުޕޭ" މެދުވެރިކޮށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް ތައާރަފުކޮށްފައެވެ.

ވާރުފޭ ޚިދުމަތް މެދުވެރިކޮށް ކުންފުނިތަކުގެ އަހަރީ ފީ އާއި، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ޓްރެފިކާގުޅޭ ގޮތުން ކުރާ ޖޫރިމަނާއާއި، މުދަލު ޒަކާތާއި، އެއަރޕޯޓް ސެކިއުރިޓީ ފާސް ޕޭމަންޓް އަދި މިނޫންވެސް ގިނަ ފައިސާ ދަނީ މީރާއަށް ބަލައިގަންނަމުންނެވެ. ވާރުޕޭގެ ޚިދުމަތަކީ މީރާގެ ވެބްސައިޓުން އަދި މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ޚިދުމަތެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު