އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޮވެމްބަރު 3 ގެ ޙަޤީޤަތް ހޯދޭނީ އިންޑިއާ ނޫން ބައަކު ލައްވާ ތަރުޖަމާކޮށްގެން!

ނޮވެމްބަރު 3 ގެ ޙަޤީޤަތް ހޯދޭނީ އިންޑިއާ ނޫން ބައަކު ލައްވާ ތަރުޖަމާކޮށްގެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެ ހިފަން ދިވެހިންގެ ބައަކާއި އުމާ މަހޭޝްވަރަން ކުރި މަސައްކަތުގެ ޙަޤީޤަތް ހޯދޭނީ އެކަމުގެ ތަޙްޤީޤަށް ތަމަޅަބަހުން ނަގާފައިވާ ބަޔާންތައް އިންޑިއާ ނޫން ބައަކު ލައްވައި ތަރުޖަމާކުރުވިގެންނެވެ. 

ފުރަތަމަ ސަބަބަކީ އުމާމަހޭޝްވަރަން އަކީ އެއިރު ސްރީލަންކާގައި އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ހަނގުރާމަވެރިޖަމާޢަތެއް ހިންގަމުން ދިއަ މީހަކަށްވުމެވެ. ދެވަނަ ސަބަބަކީ ރޭޑިއޯ އިން ފޮނުވި ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކުގެ އަޑު އިވުނު ގޮތެވެ. 

ކުޑަކުޑަ މިސާލެކެވެ. ތަމަޅަބަހަކީ އެއިގެ އަޞްލަށް ބަލައިފިނަމަ ދުނިޔޭގެ އެންމެ މުއްސަނދި އެއްބަހެވެ. ކުށްވެރިޔާ ތަމަޅަބަހުން 5 މިނިޓްއިރު ދައްކާ ވާހަކަ އިނގިރޭސި ބަހަށާއި ދިވެހި ބަހަށް ތަރުޖަމާކުރަން 2 މިނިޓްވެސް ނުނަގައެވެ. ވީމާ އޭނާ ދެއްކި ޥާހަކަތައް އެވަނީ ކޮންތަނަކަށްކަން ހޯދަން އެބަޖެހެއެވެ. 

ޝަރިޢަތުގެ މަޖިލީހެއްގައި ދައްކާ ވާހަކަތަކުން ކަމުނުދާބައި ވަކިކުރުމުގެ ޙައްޤަކީ ތަރުޖަމާނަށް ލިބިގެންވާ ބާރެއް ނޫނެވެ. އެއީ ފަނޑިޔާރަށްކުރަންޖެހޭ ކަމެކެވެ. މިފަދަ އެތައް ކަންކަމެއް ތަޙްޤީޤާއި ޝަރީޢަތުން ފެންނަން ހުރުމުން ތަޙްޤީޤާއި ޝަރީޢަތަކީ ކުޅެވުނު ޑްރާމާއެއް ކަމަށް އެއިރުވެސް ކަމުގެ މާހިރުން ގެންދިއައީ ބަޔާންކުރަމުންނެވެ. 

އެއިރުގެ ޖަސްޓިސް މިނިސްޓްރީގެ ޢަރުޝީފުން އޯޑިއޯތައް ނެރެވެން އެބަޖެހެއެވެ. އިންޑިއާގެ ތަރުޖަމާނުން ނޫން ބައަކު ލައްވައި ތަރުޖަމާކުރެވެން ކުރެވެން އެބަޖެހެއެވެ. ތަމަޅަ ބަސް ދަންނަ ދިވެހިންވެސް މިހާރު އެބަތިއްބެވެ. ނޮވެމްބަރު 3 ގެ ޙަޤީޤަތް ހޯދޭނީ އެކަންކުރެވިގެންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް