އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންސާނީ ކަރާމަތުން ވިޔާފާރިކުރުން ހުއްޓާލާ! މާލޭ ރައްޔިތުންނަށްވީ ވަޢުދު ފުއްދާ!: އިބްރާހީމް ރަޝީދު

އިންސާނީ ކަރާމަތުން ވިޔާފާރިކުރުން ހުއްޓާލާ! މާލޭ ރައްޔިތުންނަށްވީ ވަޢުދު ފުއްދާ!: އިބްރާހީމް ރަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

"އަޅުގަނޑު ދަންނަވާލަން އޮތީ މާލޭ ސިޓީ ރައްޔިތުންގެ ޝިޢާރާ އެއްގޮތަށް "ނޯ ގޯތި ނޯ ވޯޓު" މާލެސިޓީ ރައްޔިތުންނަށް ގޯތި ގެދޮރު ވެރިކަމުގެ ޙައްލެއް ހޯދައި ނުދީ އެ ރައްޔިތުން ނާއި އެމީހުންގެ ދަރިފަސްކޮޅު ދިރި އުޅޭނެ ސަރަޙައްދު ވިޔާފާރި ބޭނުމަށޭ ކިޔާ ނަގާ ގޯތިގެދޮރު ލިބިދިނުމުގެ ޙައްޤު ނިގުޅައި ގަތުމީ އެމް،ޑީ،ޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ ޙައްޤާއި އިންސާފުން އެއްކިބާވެ މާލޭ ރައްޔިތުންގެ އިންސާނީ ކަރާމަތުން ވިޔާފާރި ކުރުން މިބޮޑު އަނިޔާ ވަޤުތުން ވަޤުތައް ހުއްޓާލާ އެޖެންޑާ 19 ގެ ވަޢުދާއި  އެއްގޮތަށް ސަރުކާރާއި އެމް،ޑީ،ޕީން ޢަމަލު ކުރުމަށް ދަންނަވަން!

އާދެ! އަޅުގަނޑު އަދި އަޅުގަނޑުގެ ޢާއިލާ އާއި ރައްޓެހިންގެ އިތުރުން މާލެ ސިޓީގެ ހުރިހައި ބޭފުޅުންނަށް ދަންނަވަން އޮތީ ރައީސް ނަޝީދު އަދި ރައީސް ޞާލިޙުގެ އިތުރުން އެމް، ޑީ،ޕީ، ގެ މާލެސިޓީގެ ހުރިހައި  މަޖްލިސް މެމްބަރުން ވަޢުދުވެ ވަޑައިގެން ގޮތަށް ގިރާވަރު ކަނޑުން ކަޅިއާއި ދޭތެރޭގެ ފަޅުތައް މާލޭ ރައްޔިތުން ދިރިއުޅެން ޢަޤުދުކޮށް ނުދޭހައި ހިނދަކު އެމް، ޑީ، ޕީ އަށް ނިސްބަތްވާ އެއްވެސް ކެނޑިޑޭޓަކަށް އެއްވެސްކަމެއްގައި ވޯޓެއް އެމް،ޑީ،ޕީ އަށް ދެއްވުމީ އެތަށް ހާސް މާލެ ސިޓީގެ ފަރުދުން ނަށް ސިދާކޮށް ތިމާދޭ އަނިޔާއެއް!

އިތުރަށް ދަންނަވާލަން އޮތީ އެމް،ޑީ،ޕީ މިހާރު އެކުރަނީ އިންސާނީ ކަރާމަތުން ވިޔާފާރި މާލޭ ރައްޔިތުންނަށް އެކަން އޯކޭ ވަނީ ވިއްޔާ އަޅުގަނޑު އިތުރަށް ދައްކާނެ ވާހަކައެއް ނެތް! އަޅުގަނޑަކަށް އަޅުގަނޑުގެ ޢާއިލާ އަކަށް އަޅުގަނޑުގެ ރައްޓެހިންނަކަށް ހަމަ ވިސްނޭ ދިވެއްސަކަށް ދިވެހި ރައްޔިތަކަށް މިގޮތެއް އޯކޭ އެއް ނޫން! އަދި ޕާޓީ ލޯބީގައޭ ކިޔާ އެމް،ޑީ،ޕީ އާއި ގުޅިގެން މާލޭ ރައްޔިތުނ ގެ މައްޗަށް މިފަދަ  ބޮޑު އަނިޔާއެއް ދެމެހެއްޓުމުގެ އެއްވެސް ޙައްޤެއް ދިވެހި އެއްވެސް ފަރުދަކަށް އެއީ އެމް،ޑީ،ޕީގެ ކޮންމެ މީހަކަށްވެސް ލިބިގެނެއް ނުވޭ!"

 

- އިބްރާހީމް ރަޝީދު (ކަނޑުވައި)

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު