އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން ހޮސްޕިޓާލިޓީ ސިނާއަތަށް އަމާޒުކޮށްގެން "އީކޯސިސް" ތައާރަފްކޮށްފި

ދިރާގުން ހޮސްޕިޓާލިޓީ ސިނާއަތަށް އަމާޒުކޮށްގެން "އީކޯސިސް" ތައާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 16 ސިކުންތު

ދިރާގުން ހޮސްޕިޓާލިޓީ ސިނާއަތަށް އަމާޒުކޮށްގެން، ކޮންމެހެން ބޭނުންވާ، މުހިންމު "މިޝަން ކްރިޓިކަލް" ޚިދުމަތްތައް އެއް ޕްލެޓްފޯމަކުން ލިބޭނޭ ނިޒާމެއް "އީކޯސިސް" ގެ ނަމުގައި ތައާރަފްކޮށްފިއެވެ.  

ދިރާގު އީކޯސިސް އަކީ އުފެއްދުންތެރި މުސްތަގުބަލާ ރައްޓެހި ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ޚާއްސަކޮށްފައިވަނީ ރެސޯޓްތަކަށް އިތުރު ރައްކާތެރިކަމާއި އޮޕަރޭޝަންސް މެނޭޖްކުރަން ލުއިފަސޭހަތައް ލިބޭނެ ފަދަ ގޮތަކަށެވެ. އެގޮތުން،  އީކޯސިސްގައި ހިމެނޭ ޚާއްސަކޮށްލެވޭ 5 ޚިދުމަތުގެ ތެރޭގައި؛ އަލިފާނުގެ އަސަރު ދެނެގަތުން، އޯޑިއޯ ޚިދުމަތް، ޑްރޯން ޑިޕްލޮއިމެންޓް ޚިދުމަތް، ހުއްދަނެތި ވަންނަ މީހުން ދެނެގަތުން އަދި ލޮކޭޝަން ބޭސްޑް ޚިދުމަތްތައް ހިމެނެއެވެ. "އިކޯސިސް" ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ދިރާގުން ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ މާހިރުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ރިސަރޗްތަކާއި އެ ބޭފުޅުންގެ ލަފަޔާ އެކީގައިއެވެ.

އަލިފާނުގެ އަސަރު ދެނެގަތުން

ދިރާގު އީކޯސިސް ފަޔަރ ސަރވިސް ނުވަތަ އަލިފާނުގެ އަސަރު ދެނެގަންނަ ފަޔަރ އެލާމް މޮނިޓަރިންގ ޚިދުމަތަކީ ކަސްޓަމަރުންގެ ނެޓްވޯކާއި، ލޮކޭޝަނާ ގުޅިފައިވާ ޚިދުމަތެކެވެ. އެހެން ކަމުން، އީކޯސިސް ޚިދުމަތް ލިބޭ ކޮންމެ ތަނެއްގައި ވެސް، މި ޚިދުމަތް ލިބި ލިބި ހުންނާނެއެވެ. އަދި ފަޔަރ ސަރވިސްގެ ޑޭޝްބޯޑުން ފަސޭހަކަމާއެކު ހާދިސާއެއް ހިނގައިގެން އުޅޭ ތަން ހޯދައި، އަލިފާން ނިވުމުގެ މަސައްކަތް އަވަހާ ފެށޭނެއެވެ.

ލޮކޭޝަން ބޭސްޑް ސަރވިސަސް

ލޮކޭޝަން ބޭސްޑް ސަރވިސް މެދުވެރިކޮށް އެއްގަމާއި ކަނޑުގެ ސަރަހައްދުތައް މޮނިޓަރ ކުރެވޭނެއެވެ. ޖީޕީއެސް ޓްރެކިންގް ޑިވައިސް، މޯޝަން ސެންސަރ އަދި  ސީސީޓީވީ ކެމެރާ ފަދަ ޑިވައިސްތައް މެދުވެރިކޮށް ރަށުގެ އެކި ސަރަހައްދުތައް ޓްރެކްކޮށް މޮނިޓަރަ ކޮށް ހެދޭނެއެވެ. އަދި މީގެ އިތުރުން، ލައިވް ފީޑްގެ ރިކޯޑިންގް ހަދާ، ފަހުން ބަލާލެވޭނެއެވެ. 

އޯޑިއޯ ޚިދުމަތް

ދިރާގު އީކޯސިސް ހޮސްޕިޓާލިޓީ ޕްލެޓްފޯމްގައި ތަފާތު ގިނަ ބޭނުންތައް ހިފޭނެ ފަދަ ސައުންޑް ސިސްޓަމެއް ވަނީ އެކުލަވާލާފައިއެވެ. އެގޮތުން، މި ސައުންޑް ސިސްޓަމް މެދުވެރިކޮށް ޕަބްލިކް އެނައުންސްމަންޓް ހަދާ، ބެކްގްރައުންޑް މިއުޒިކް ޖަހާލާ އަދި މީގެ އިތުރުން، ގެސްޓުންނަށް އިން-ރޫމް ޑިވައިސް މެދުވެރިކޮށް ކޮޓަރީގައި ބޭނުން މިއުޒިކެއް ޖަހާލެވޭނެއެވެ.

ޑްރޯން ޑިޕްލޮއިމެންޓް ޚިދުމަތް.

ދިރާގު އީކޯސިސް ޕްލެޓްފޯމްގެ އެހެނިހެން ޚިދުމަތްތަކާ ގުޅިގެން، މި ޕްލެޓްފޯމުގައި ހިމެނޭ ޑްރޯންގެ ޚިދުމަތުން، އެއްގަމާއި ކަނޑުގެ މޮނިޓަރިންނަށް އިތުރު ފަސޭހަކަމެއް ލިބި، އެމަޖެންސީ ހާލަތްތައް ދެނެގަންނަށް ފަސޭހަވެގެން ދާނެއެވެ. ޑްރޯން ޚިދުމަތުގައި އޮޓޯމެޓިކުން ނޫނިއްޔާ އަމިލައް އަށް ފްލައިޓް ކޮންޓްރޮލް ކުރުމުގެ ނިޒާމު އެކުލެވިގެންވެއެވެ. އަދި މި ކަމުގެ ސަބަބުން މޮނިޓަރިންގެ ޕްރޮސެސް އަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ހުއްދަނެތި ވަންނަ މީހުން ދެނެގަތުން ނުވަތަ "އިންޓްރޫޑަރ ޑިޓެކްޝަން"

"ޖިއޯ ފެންސިން" ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑައެޅިފައިވާ ދިމާލެއްގައި ދަތުރުކުރާ އުނޅަދުތައް ޓްރެކްކޮށް، ހުއްދަނެތި ވަދެ ނިކުމެ އުޅޭ އުޅަނދުތައް ބަލާ، އެ ފަދަ އުޅަނދެއް ފެނިއްޖެ ނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކަށް އެކަމާބެހޭ ނޮޓިފިކޭޝަން ފޮނުވައިދޭނެއެވެ.  

ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ  ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް ދަނީ މަސައްކަތްކުރަމުންނެވެ. ދިރާގުން މިއަދު ތައާރަފު ކުރި ވޫހޫ ފަދަ ސްމާޓް ސޮލިއުޝަންތަކާއި ޕަރޓްނާޝިޕް ތަކަކީ މިކަމުގެ ހެއްކެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ