އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހެން މީހަކަށް އެނގިގެން ނުވާނެ އެއްވެސް ކަމެއް ކިތަންމެ ގާތް މީހަކު ގާތުވެސް ބުނެފިނަމަ ވަރަށް ބޮޑަށް ހިތާމަކުރަންޖެހިދާނެ! މުފްތީ މެންކް

އެހެން މީހަކަށް އެނގިގެން ނުވާނެ އެއްވެސް ކަމެއް ކިތަންމެ ގާތް މީހަކު ގާތުވެސް ބުނެފިނަމަ ވަރަށް ބޮޑަށް ހިތާމަކުރަންޖެހިދާނެ! މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ކޮންމެ މީހަކީވެސް ޙަޔާތުގައި ގިނަ ކަންތައްތަކެއް ހިނގާފައި ހުންނާނެ މީހެކެވެ. ގިނަ ކަންތައްތަކެއް ތަޖުރިބާވެސް ކުރެވިފައި ހުންނާނެ މީހެކެވެ. އެއިގެ ތެރޭގައި އުފާވެރި ކަންކަމާއި ހިތްދަތި ޙާލަތުތައްވެސް ހިމެނެއެވެ. 

މިކަންކަމުގެ ތެރޭގައި ތިމާ ފިޔަވައި އިތުރު އެއްވެސް މީހަކަށް އެނގިގެން ނުވާނެ ކަންކަން ހުންނާނެއެވެ. އެކަންކަމަށް މިކިޔަނީ ތިމާގެ ޙަޔާތުގެ ބޮޑެތި ސިއްރުތަކެވެ. އެފަދަ ސިއްރުތައް އެއްވެސް މީހެއްގެ ގާތުގައި ބުނެގެން ނުވާނެއެވެ. އެއީ ކިތަންމެ ލޯބިވާ މީހެއް ނަމަވެސް އަދި ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް އަދި ޢާއިލާގެ މީހަކު ނަމަވެސްމެއެވެ. 

އެހެނީ އެއްވެސް މީހަކީ އަބަދު އެއްގޮތެއްގައި ހުރެދާނެ މީހެއް ނޫނެވެ. ޙަޔާތުގެ ކޮންމެވެސް ހިސާބަކުން ވަކިވާންޖެހިދާނެ މީހެކެވެ. ތިބާ ދެކެ ރުޅި އައިސް ވަކިވެދާނެ މީހެކެވެ. އެހާލަތުގައި އެފަދަ ބޮޑެތި ސިއްރުތައް ހާމަކޮށް ބޭޒާރުކުރަނީ މަދަކުންނޫނެވެ. އަދި އެގޮތަށް ބޭޒާރުކޮށްލުމުން ލަދުވެތިވާންޖެހުމަކީ ހަމަ ވަރަށް ޢާންމުކަމެކެވެ. 

ވީމާ ޙަޔާތުގެ ބޮޑެތި ސިއްރުތައް ހަމަ އެއްވެސް މީހަކަށް ކިޔައިނުދޭށެވެ! ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްވެސް ލިބިދާނެއެވެ. ޢާއިލާ އާއި އަދި މީސްތަކުންނާއި މޫނު ދިމާކުރަން ލަދުގަންނަން ޖެހޭ ޙާލަތަށްވެސް ކަންކަން ހިނގައިދާނެއެވެ. މުޅި އުމުރުގައިވެސް އެކަމަށް ހިތާމަކުރަންޖެހިދާނެއެވެ. 

މިކަމަށް ޙަދީޘްފުޅެއްވެސް އޮވެއެވެ. ނަމަވެސް އެއީ ޟަޢީފް ޙަދީޘްފުޅެއްކަމަށްވެސް ބުނެއެވެ. ކޮންމެއަކަސް މިއީ ދިރިއުޅުމުގަ ވަރަށް މުހިންމު ކަމެކެވެ. ކޮންމެހެން އަމަލުކުރަންޖެހޭ ކަމެކެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް