އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާއަށް ވެގެން ދޭންޖެހޭ ވަޒީފާއެއް ނޯންނާނެ، ނަހުލާއަށް މިނިސްޓަރުކަން ދިނީ އެކަމަނާގެ ގާބިލުކަން ރައީސަށް އެނގޭތީ: ޤާސިމް

އަނބިމީހާއަށް ވެގެން ދޭންޖެހޭ ވަޒީފާއެއް ނޯންނާނެ، ނަހުލާއަށް މިނިސްޓަރުކަން ދިނީ އެކަމަނާގެ ގާބިލުކަން ރައީސަށް އެނގޭތީ: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

އަނބިމީހާއަށް ވެގެން ދޭންޖެހޭ ވަޒީފާއެއް ނޯންނާނެކަމަށާއި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއަށް މިނިސްޓަރުކަން ދިނީ އެކަމަނާގެ ގާބިލުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް އެނގޭތީ ކަމަށް ނަހުލާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ޤާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް ގްރޫޕަކަށް އެމަނިކުފާނު ފޮނުއްވި މެސެޖެއްގައެވެ.

ޤާސިމް ވިދާޅުވީ "ޤަސިމް ގެ އަންބި މީހާ ވެގެން އެއްވެސް ވަޒީފާ އެއް ދެހްވަން ޖެހޭ ގޮތަކަށް ޤާނޫނެއް، އުސޫލެއް ޤަވާއިދްއެއް ވެސް ނެތް... ވީމާ ޤަސިމް ގެ އަންބި މީހާ އަށް ވެގެން ދެހްވަން ޖެހޭ ވަޒީފާ އެއް ނޯންނާނެ... އައިޝަ އަކީ ކަންކަން ކުރެވެނެ ހިހްވަރު ހުރި ވިސްނުން ތެރި ކުޅަދާނަ ތެދުވެރި ތައުލީމީ އަދަބުވެރި ކިޔަމަންތެރި ޤާބިލް ބޭ ފުޅެއް'' ކަމަށެވެ

ޤާސިމް  ވިދާޅުވީ ރައީސް އަށް އެކަން އެންގި ވަޑައިގަތީ ރިޔާސީ އިން ތިޚާ ބުގައި އައިޝަ ކުރެހްވި ދަތުރު ތަކުގަޔާ އައިޝަ އެކި ސްޓޭޖް ތަކުގައި ދައްކަވަމުން ގެންދިޔަ ވާހަކަ ގައި ހުރި ހަރު ދަނާ ކަމާ ކުރެހްވެވި ހިހްވަރާ އަޚްއުލާޤާ ތެދު ވެރި ކަން އެންގި ވަޑައި ގަތީމާ .ކަން ޔަޤީންކަމަށެވެ.

މީގެއިތުރުން ޤާސިމް ވިދާޅުވީ "ވީމާ އައިޝާ އަށް އެ މަގާމް ރައީސް ދެއްވީ ވަކި މީހެއްގެ އަނތްބަކަށް ވެގެން ނޫންކަމަށް އައިޝާ ވިދާޅުވީމާ އެ ބަހުގައި ހިފައިގެން އެކޮޅަށް ދަމާ މިކޮޅަށް ދަމާ ހަދަމުން ތިޔަ ގެންދަނީ ހަމަ ހަޖަމް ނުކުރެވިގެންދޯ؟ އަދި ހުރި ދުޝްމިންކަމުން ނޫން ކޮން ކަމެއްބާ ތިޔައީ. ވީމާ ތިޔަ ގޮތަށް އެކަކާވެސް ދިމާކޮށް ކޮޅުކޮޅަށް ދެމުން ވަގުތު ހުއްޓާލެއްވުމަށް ނަސޭހަތްތެރިވަން،" ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު