އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުއްލި ޚަބަރު: "މާލޭ ސިޓީ ރައްޔިތުން ގޯތި ހޯދުން'" ޙަރަކާތާ ރައީސް ނަޝީދު ބައްދަލުކުރައްވަން ހަމަޖެހިއްޖެ

ކުއްލި ޚަބަރު: "މާލޭ ސިޓީ ރައްޔިތުން ގޯތި ހޯދުން'" ޙަރަކާތާ ރައީސް ނަޝީދު ބައްދަލުކުރައްވަން ހަމަޖެހިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

"މާލޭ ސިޓީ ރައްޔިތުން ގޯތި ހޯދުން'  ވަތަނީ ޙަރަކާތުގެ ފަރާތުން މާލޭ ސިޓީގެ ހުރިހާ ސަރަޙައްދު ތަކަކަށް ނިސްބަތްވާ 16 މަމްދޫބުން އެޖެންޑާ 19 ގަ އެމް. ޑީ. ޕީ އިން ވަޢުދުވި ގޯތި މައްސަލައިގަ ރައްޔިތުން މަޖްލިސްގެ ރައީސް މުޙައްމަދު ނަޝީދު އާ 19 ނޮވެމްބަރު 2020، މެންދުރު ބާރަ ޖަހާއިރު މަޖްލިސް އިދާރާގަ ބައްދަލު ކުރަން ހަމަޖެހިފަވާކަން މިއަދު ނޫހަށް ވަނީ މަޢުލޫމާތް ލިބިފައެވެ.  

މި ވަފުދުން މަޖްލިސް ރަޢީސް އާއި ބައްދަލު ކުރަން ބޭނުންވާ މައިގަނޑު ކަންކަން ކަމުގަ މަޖްލިސްއަށް އަންގާފަވަނީ: 

މަޖްލިސް ރަޢީސް، ރަޢީސް މުޙައްމަދު ނަޝީދު އާއި ބައްދަލު ކުރަން ބޭނުންވާ ސަބަބުތައް:      

ރައީސުލްހުމްހުރިއްޔާ، އެމް.ޑީ.ޕީ އަދި މަނިކުފާނު ވަޢުދުވެލެއްވިގޮތަށް ސަރުކާރުގެ މިހާރުގެ ޕްލޭން ތަކަށް މާބޮޑު ބަދަލު ތަކެއް ނުގެނެސް، ރާއްޖެތެރޭގެ ރަށްތަކުން އެރަށްރަށުގެ ފަރުދުންނަށް ގޯތިދޭ އެއްހަމައަކުން  މާލޭ ސިޓީ 18އަހަރު ފުރިފަތިބި ހުރިހާ ފަރުދުންނަށް ގްރޭޓަރ މާލެ ސަރަހައްދުން  ގޯތި ދިނުމަށް ޢަޤުދު ކުރުމާއި އެކު މާލޭ ޕޯރޓް (ކެޕޭސިޓީ ލިމިޓްނުކޮށް އިތުރަށް ފުޅާކޮށް) އެޅޭނެ ގޮތްތަށް ހިއްޞާ ކުރުން.

އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯތިދޭ އުސޫލުން މާލެސިޓީ (ގްރޭޓަރ މާލެ) ގެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ގޯތިނުދޭން ސަރުކާރުން ނިންމި ނިންމުން ބަދަލުކުރެއްވުމަށް އެދި މާލޭ ސިޓީރައްޔިތުންވެ ވަފުދުން ދެންެނެވުން.

މާލެސިޓީ (ގްރޭޓަރ މާލެ) ގެ ސަރަހައްދުން ހިއްކާ ބިންތައް ވިޔަވާރިވެރިންނަށް ވިއްކާ ދިގުމުއްދަތަށް ކުއްޔަށް ދިނުމުން މާލޭގެ ރައްޔިތުންނަށް އިއާދަނުކުރެވޭވަރުގެ ގެއްލުން ލިބި މާލޭގެ ރައްޔިތުން ރާއްޖޭގެ އެތަން މިތަނަށް ވިއްސިވިހާލި ކުރުވާނެ އަނިޔާވެރި ސިޔާސަތެއްކަން ޔަޤީންވާތީ އެކަން އެގޮތަށް ނުކުރެއްވުމަށް ދެންނެވުން.

ވަޢުދާއި އެއްގޮތަށް ގުޅިފަޅު، ހުޅުމާލެ އިން ގޯތި ނުދީ ގުޅިފަޅުގަ މާލޭޕޯޓް ގެ ބަޔަކަށް ހިމެނުމާ ހުޅުމާލެ ފޭސް 2 އެޗް.ޑީ.ސީ ގެ އެސެޓްގެ ގޮތުގަ ހަމަޖެއްސުމުން މާލެސިޓީގެ ރައްޔިތުންނަށް ވޭތުވެދިޔަ ސަރުކާރުތަކުން ގޯތިދޭނެކަމަށް ވިވައުދުތައްވެ ގޯތިނުދީ ވީ އަނިޔާއަށް ވުރެބޮަޑަށް މިސަރުކާރުން މިހާރު ހިންގާ ޢަމަލުގެ ސަބަބުން މާލޭ ރައްޔިތުންނަށް އަނިޔާ ލިބޭތީ އެވާހަކަ މަޖްލިސް ރަޢީސް އަށް ދެންނެވުން. އަދި މިދެންނެވުނު ކަންކަމަކީ މާލޭ ރައްޔިތުން މިސަރުކާރާ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ނުރުހި މިހާރު އިތުބާރު ގެއްލިފައިވާ ކަންކަން ކަމުގަ ދެންނެވުން.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް