އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ އެކްޓިވޭޓް ކޮށްގެން ދެގުނަ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ އެކްޓިވޭޓް ކޮށްގެން ދެގުނަ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

 

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓަރ ތަކުން ދެގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނެފަިވަނީ މި ޕްރޮމޯޝަންކުރިއަށް ގެންދަން ހަމަ ޖައްސާފައިވަނީ 30 ނޮވެމްބަރ 2020ގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ އެއް އެކްޓިވޭޓް ކުރިކަމުގައި ވިޔަސް 2 ގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ އެކްޓިވޭޓް ކުރުމަށް ދިރާގު މޯބައިލް އެޕް ނުވަތަ ދިރާގު ވެބްސައިޓުގައިވާ "މައި އެކައުންޓް" އަށް ލޮގިން ކުރުމަށްފަހު އެކައުންޓް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެއެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު https://www.dhiraagu.com.mv/Dhiraagu_Fibre_Broadband.aspx ލިބިވަޑައިގަންނަވާނެއެވެ.

ދިރާގުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭން ގޮތަކަށް އިންޓަނެޓް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ބާއްވަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު