އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުން ތަހުގީގު ކުރާ މައްސަލައެއްގެ ތަހުގީގަށް މުޙައްމަދު ޝަހީދު ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފި

ފުލުހުން ތަހުގީގު ކުރާ މައްސަލައެއްގެ ތަހުގީގަށް މުޙައްމަދު ޝަހީދު ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް/ ޝަބުނަމީގެ، މުޙައްމަދު ޝަހީދު (35އ)

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A303293

ހާޒިރުކުރެވޭ ހައިސިއްޔަތު : ގާނޫނު ތަންފިޒު ކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސް އެޅުން ނުވަތަ ދަތިކުރުމުގެ ކުށުގެ ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް.

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2020 ނޮވެމްބަރު 24 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ