އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މާލެސިޓީ ގޯތި ހޯދުން" ސަރުކާރާ އެމް.ޑީ.ޕީ އާއެކު ބާއްވަން ނިންމާފަވާ ބައްދަލުވުންތައް ފަށައިފި

"މާލެސިޓީ ގޯތި ހޯދުން" ސަރުކާރާ އެމް.ޑީ.ޕީ އާއެކު ބާއްވަން ނިންމާފަވާ ބައްދަލުވުންތައް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 14 ސިކުންތު

މާލޭ ސިޓީ ރައްޔިތުން ފަރާތުން ހިންގާ "މާލެސިޓީ ގޯތި ހޯދުން" ޙަރަކާތުން މާލޭ ސިޓީ އަށް ދިމާވެފަވާ ގޯތީގެ މައްސަލަ ޙައްލު ކުރުމަށް އެފަރާތުން ސަރުކާރާ އެމް.ޑީ.ޕީ އާ އެކު ބާއްވަން ނިންމާފަވާ ބައްދަލުވުންތައް މިއަދު ފަށައިފިއެވެ. 
 
މަޖްލިސް ރައީސް އާއި އެކު ބޭއްވި މިބައްދަލު ވުމާއި ބެހޭގޮތުން މިއަދު ނޫހުން ސުވާލު ކުރުމުން ޙަރަކާތުގެ ބައިވެރިންތެރޭން އިސްކޮށް އުޅުއްވާ އެއްބޭފުޅެއް ކަމަށްވާ އިބްރާހީމް ރަޝީދު. ގ. ކަނޑުވައިގެ (ކަނޑުވައި އިބުރޭ) ވިދާޅުވީ ޙަރަކާތުގެ ފަރާތުން ލިޔުމުން ރަސްމީ ބައްދަލުވުމަކަށް އެދުމުން ދެއްވި އެޕޮއިންޓްމަންޓް އަށް މާލޭ ރައްޔިތުންގެ ގޮވާލުމާ ސުވާލުތައް މަޖްލިސް ރަޢީސް އަށް ޙިއްޞާ ކޮށްފަ ވާނެކަމަށެވެ. ބައިގަޑި އިރުގެ ވަގުތު ކޮޅުގަ ރަސްމީކޮށް ލިޔުމުން ހުށައެޅި ކަންކަމުގެ ތެރޭން ބައެއް މުހިއްމު ކަންކަމާމެދު މަޖްލިސް ރަޢީސް ދެކިލައްވާގޮތް ޙިއްޞާ ކުރެއްވި އެވެ. 

މާލޭ ސިޓީ ގޯތި ޙައްޤު 40،000 +/- ފަރުދުންނަށް 1500 އަކަފޫޓުގެ 40،000 ގޯތި ދޫކުރެވޭނެ ޑްރާފް ކޮންސެޕްޓް އާއި ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ "މާލެ ސިޓީ އަކީ މެޓްރޯޕޮލިޓަންއެއް. ހަމައެކަނި  މާލޭ ރައްޔިތުންގެ ތަނެއް ނޫން. މިހާރު މާލެމީހުނެއް ނޫޅޭނެ...... ގޯތި ނުދެވޭނެ.  އެކަމަކު ބޯހިޔާވަހިކަމަށް ގުޅިފަޅުން 1200 ބިންކޮޅު ދެވޭ.  ބޯހިޔާވަހިކަން ދޭންޖެހޭ  22،000 މީހުން އުޅޭ. މި އެންމެންނަށް ކިހިނެތް ދޭނީ. އެކަމަކު ހޯދެން އޮތް ގޮތްތައް ބަލަނީ."

ގުޅިފަޅު. 1500 އަކަފޫޓުގެ 11،900 ގޯތި ދެވޭ. ފުށިދިއްގަރުފަޅު. 1500އަކަފޫޓުގެ 42،000ގޯތި ދޫކުރެވޭ.  

މާލޭ ޕޯރޓް. ސަރުކާރުން ނިންމާފަ އޮތްގޮތް.


މާލޭ ރައްޔިތުން މަޖްލިސް ރަޢީސްއަށް ހުށައެޅި ކޮންސެޕްޓް ތަަކުގަ އެދިފަވަނީ ޕޯޓްގެ ބިން ބޭކާރު ނުކޮށް އޭގެ ފުރިހަމަ ކެޕޭސިޓީގަ ބޭނުންކޮށް ރާއްޖެއަށް ޓުއަރިޒަމްއާއި ޗެލެންޖް ކުރެވޭ ފެންވަރުގެ ޢަމްދަނީ އެއް ޕޯރޓް މެނޭޖްމްނަންޓް އާއި ހޭންޑްލިން އިން ހޯދޭނެ ކޮންސެޕްޓް ތަކެއް ހުށައަޅާފައެވެ.


މިހާރު ތިލަފުށި ބޭނުންކުރަން ނިންމާފަ އޮތްގޮތް.


ގުޅިފަޅު ޕޯރޓްގެ ގޮތުގަ ނިމޭއިރު އިންނާނެ ގޮތް. 


މާލޭ ރައްޔިތުންގެ ގޮވާލުން. 
ގުޅިފަޅުގަ ޕޯރޓް އެޅުމަށް މިހާރުކޮށްފައިން ޑިޒައިން ސަބަބުން ތިލަފުއްޓާ ގުޅިފަޅު ދެތަނުގެ ބިމުން ބޮޑުބައެއް ބޭކާރު ވާ ވާހަކަ ހައިލައިޓް ކުރުމުން ވިދާޅުވީ "އަޅުގަނޑު ބޭނުމެއްނުވޭ އިންޓަނޭޝަނަލް ޓްރާންސިޓް ކޮންޓޭނާ ހަބެއް ޤާއިމްކުރާކަށް." އެމަނިކުފާނު ވިދާޅުވިގޮތުގައި އެމަނިކުފާނު ބޭނުންފުޅުވެ ލައްވަނީ ޝިޕިންގް އޮޕަރޭޝަން މަދުކޮށް މާލޭ ޕޯރޓް އާއި އެކު ކުޅުދުފުށި ގޮތަށް ރާއްޖޭގެ 2-3 ތަނެއްގެ ކުޑަ ސްކޭލް އެއްގައި ޕޯރޓް ހަދައިގެން ހިންގުން ކަމަށް.


ޙަރަކާތުގެ ފަރާތުން ހުށައަޅާފަ އޮތް 3 ކޮންސެޕްޓް ތެރޭން އެއް ކޮންސެޕްޓް. މޭޖަރ ބަންކަރިން ޕޯރޓް އެއް ޤާއިމް ކުރުމާއި އެކު. 


އިތުރަށް ތަފްޞީލް ކޮށްދެއްވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ ކުރިޔަށް އޮތް ތަނުގަ ޙަރަކާތުގެ ބައިވެރިންގެ ހުށައެޅުމާ ބެހޭގޮތުން މަސްވަރާ ކުރުކުމަށް އެމް. ޑީ. ޕީގެ އޮފީސްގަ ބައްދަލުވުންތައް ބާއްވާނެ ވާހަކަ އާއި ސަރުކާރުގެ ކަމާބެހޭ ދައިރާތަކުގެ ވެރިންނާ ޙަރަކާތުގެ ޓެކްނިކަލް ޓީމް އާއި އެކު ބައްދަލުވުންތައް ބާއްވާނެ ކަމުގަ މަޖްލިސް ރަޢީސް ވިދާޅުވި ކަމަށެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް