އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުން އެދެނީ ޤުރްއާނުގަވާ ސައިންޓިފިކް ހެކިތައް ރައްޔިތުންނަށް ގިނަގިނައިން ވިދާޅުވެދެއްވުން

ރައްޔިތުން އެދެނީ ޤުރްއާނުގަވާ ސައިންޓިފިކް ހެކިތައް ރައްޔިތުންނަށް ގިނަގިނައިން ވިދާޅުވެދެއްވުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

މުސްލިމުންނަށް އޮތީ ހަމައެކަނި ކީރިތި ޤުރްއާން ކިޔެވުމެއް ނޫނެވެ. ކީރިތި ޤުރްއާނުގައިވާ ޢާޔަތްތަކުގެ މާނަކިޔައި އުނގެނުމެވެ. 

ކީރިތި ޤުރްއާނުގެ މާނަ ފުރިހަމަކަމުން އިތުރު ތަފްޞީލު ބޭނުންވެއެވެ. އެހެންވެ ޢިލްމެވެރިން ދެއްވަވާ ތަފްސީރުކްލާސްތައް ގިނަ ބައަކު އަޑުއަހައެވެ. ދަސްކުރަން މަސައްކަތްކުރެއެވެ. އެހެނަސް ލިބޭ ފުރުޞަތުތައް ވަރަށް މަދެވެ. 

އިސްލާމް ދީނުގެ ކަންކަން މީސްތަކުންނަށް އިތުރަށް އުގަންނައިދީ ހޭލުންތެރިކުރުވަން ޒަކާތު ފަންޑުން 7 މިލިއަން ރުފިޔާ ޚަރަދުކުރި މުންނާރުޗެނެލުންވެސް އެ މަސައްކަތް އެކަށީގެންވާ ފެންވަރެއްގައި ނުކުރެއެވެ. ގިނައިން ފޮނުވަނީ ރިޕީޓްތަކެކެވެ. ވަކިބައެއްގެ ދަރުސްތަކެވެ. އެހެންވެ އެއީ ހިންގާ ޗެނެލެއްކަންވެސް އެނގެނީ މިހާރު ވަރަށް މަދު މީހަކަށެވެ. އެޗެނެލް ޕްރަމޯޓުކުރަން ކުރެވޭ މަސައްކަތެއް ނުފެނެއެވެ. 

މިއަދު ކުރިމަތިވަމުން މިދާ މައްސަލަތަކުގެ ޙައްލުވެސް ލިބުން އޮތީ ކީރިތި ޤުރްއާނަށް މީސްތަކުން ހޭލުންތެރިކުރުވުނު ވަރަކުންނެވެ. އެކަން ކުރެވޭނީ މީސްތަކުންނަށް ޤުރްއާނުގެ ތަފްސީރު އޮޅުންފިލިވަރަކުންނެވެ. 

ދީނީ ޢިލްމުވެރިންނަށް ކުރަން އޮތް އާދޭހަކީ ތިއަ ބޭފުޅުންގެ ޚިދުމަތް ފުޅައުކޮށްދެއްވެވުމެވެ. ﷲ ތަނަވަސްކަން ދެއްވެވި މުއްސަނދިންގެ ކިބައިން ކުރަން އޮތް އާދޭހަކީ ޢިލްމުވެރިން ކުރައްވާ މަސައްކަތްތަކަށް ޒަކާތުފަންޑުން އެހީތެރިވެދެއްވުމެވެ. އިސްލާމިކް މިނިސްޓްރީ ޢާއި ފައިސާ ޙަވާލުކުރުމުން ކަންކަން ކުރެވޭ މިންވަރު އަބަދުވެސް މިދަނީ ފެންނަމުންނެވެ. މުންނާރު ޗެނެލަގެ ތަޖުރިބާ ފުދެއެވެ.

ވީމާ ހުރިހާ ފައިސާ އެކުގައި އިސްލާމިކް މިނިސްޓްރީ އާއި ޙަވާލުކުރުމުގެ ބަދަލުގައި އެއިން ބައެއް ރާއްޖޭގެ ދީނީ ހޭލުންތެރިކުރުވުމަށް މަސައްކަތްކުރައްވާ ފަރާތްތަކަށް ދެއްވެވުމަކީ ކޮންމެވެސް މިންވަރަކަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް އިތުރުވެގެންދާނެ ކަމެއްކަމަށް ޤަބޫލުކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް