އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭނަމަ ފުރަތަމަ ކަމަކަށް ހިލޭ އަންހެނުންނަށް ކުރެވޭ ޚަރަދުތަކަށް ވިސްނައިލާށެވެ!: މުފްތީ މެންކް

ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭނަމަ ފުރަތަމަ ކަމަކަށް ހިލޭ އަންހެނުންނަށް ކުރެވޭ ޚަރަދުތަކަށް ވިސްނައިލާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް އަބަދުވެސް އުޅެންޖެހެނީ ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެންނެވެ. މުސާރަ ލިބުނު ނަމަވެސް ކުރަންޖެހޭ ޚަރަދުތައް ނުކުރެވިގެންނެވެ. އަމިއްލަ ބޭނުންތައް ނުފުއްދިގެންނެވެ. އަނބިދަރިންނަށް ކާންވެސް ނުދެވިގެންނެވެ. މައިންބަފައިންނަށް އެހީނުވެވިގެންނެވެ. 

އެޙާލަތުގައި ފުރަތަމަވެސް ވިސްނައިލަންވީ ތިމާއަށް ކުރެވޭ ފާފަތަކާއިމެދުގައެވެ. ﷲ ތަޢާލާ ހުއްދަނުކުރައްވަވާ ކަންކަމަށް ކުރެވޭ ޚަރަދުތަކާއިމެދުގައެވެ. މަސްތުވާ އެއްޗެއް ބޭނުންކުރެވޭތޯއެވެ؟ ޖުވާކުޅެވޭތޯއެވެ؟ ދިރިއުޅުމުގައި އިސްރާފްކުރެވޭތޯއެވެ؟ އެ ނޫންވެސް ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިނުވާ ކަމަކަށް ޚަރަދުކުރެވޭތޯއެވެ؟ 

މިގޮތުން ބަލައިފިނަމަ އެންމެ ގިނައިން ކުރެވޭ އެއްކަމަކީ ހިލޭ އަންހެނުންނަށް ފައިސާ ޚަރަދުކުރުމެވެ. ހިލޭ ފިރިހެނުންނަށް އަންހެނުން ޚަރަދުކުރާވަރަށްވުރެ މާގިނައިން ފިރިހެނުން، ހިލޭ އަންހެނުންނަށް ފައިސާ ޚަރަދުކުރެއެވެ. ދެން ނިކަން ބުނެބަލާށެވެ! ތިބާއަށް ލިބުނު ފައިސާގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެ ހެއްޔެވެ؟ 

ލިބޭ ޢާމްދަނީން ދެކޮޅު ނުޖެހޭ މީހުން ފުރަތަމަ ކަމަކަށްވެސް ތައުބާވާށެވެ! ތަޤްވާވެރިވާށެވެ! ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަމަށް ޚަރަދުކުރުން ހުއްޓައިލާށެވެ! އަހުރެންނަށް ލިބިފައިވާ މައުލޫމާތަށް ބަލައި ބުނަމެވެ. އެއިރުން މިހާރު ނުފުދިގެން ތިއައުޅޭ މުސާރައިން ފުދި އިތުރުވެސްވެއެވެ. މަސްނިމޭއިރު ރައްކާކުރާނެ ފައިސާވެސް އަތުގައި ހުރެއެވެ. އެއީ އެފައިސާގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާތީއެވެ. 

ތައުބާވުމަކީ ﷲ ތަޢާލާ މީސްތަކުންނަށް ރިޒްޤް ތަނަވަސްކުރައްވަވައި ދެއްވަވައި އަދި ސުވަރުގެ ވައްދަވާ ކަމެއްކަން ނޫޙް ސޫރަތުގެ އާޔަތްތަކުން އެނގިގެންދާނެއެވެ. ވިސްނުންތެރިކަމާއިއެކު މާނަކިޔައިލާށެވެ! ވީމާ މިއީ އެއްވެސް މީހަކު ޝައްކުކުރަންވީ ކަމެއް ނޫނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
33%
ރަނގަޅު
33%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް