އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާއަށް ހެޔޮކޮށް ނުހިތާ މައަކަށް ހެޔޮކޮށް ހިތުމުން ދެއްވަވާނެ ޘަވާބާ ދަރުމަ އެތައް ގުނައަކަށް އިތުރުވާނެ! އިން ޝާ ﷲ

ތިމާއަށް ހެޔޮކޮށް ނުހިތާ މައަކަށް ހެޔޮކޮށް ހިތުމުން ދެއްވަވާނެ ޘަވާބާ ދަރުމަ އެތައް ގުނައަކަށް އިތުރުވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

މަންމަ ތިމާ އާއިމެދު ކަންތައްތައް ކުރި ގޮތަށް ނުބަލާށެވެ! އެހެންދަރިންނާއި ތަފާތުކޮށް ނިކަމެތިކުރިނަމަވެސްމެއެވެ. އެހެންދަރިންނަށްވުރެ ބުރަކޮށް މަސައްކަތްކުރުވިނަމަވެސްމެއެވެ. އަދި އެހެންދަރިންނަށް ނުބުނާފަަދ ނިކަމެތިބަސްތައް ބުނި ނަމަވެސްމެއެވެ. 

މަންމަކުރި ކަންކަން މަންމައަށް ދޫކޮށްލާށެވެ! އެކަމަށް ގޮތް ކަނޑައަޅުއްވަވާނީ ﷲ ތަޢާލާއެވެ. އެއީ ދަރިން ގޮތްކަނޑައަޅަންޖެހޭ ކަމެއް ނޫނެވެ. އަދި ކަންބޮޑުވާންޖެހެންވީ ކަމެއްވެސް ނޫނެވެ. 

ތިމާގެ މަންމައަކީ ކާފިރެއް ނަމަވެސް އަދި ތިމާއާއިމެދު ކިތަންމެ ނުބައިކޮށް ކަންކަންކުރާ މައެއް ނަމަވެސް މަންމައަށް ހެޔޮކޮށްހިތާށެވެ! ނަމަވެސް މައިމީހާގެ ބަސް ޤަބޫލުކޮށް ﷲ ތަޢާލާއަށް އުރެދުމެއްވާ އެއްވެސް ކަމެއް ކުރުމެއް ނެތެވެ. 

ޙަދީޘްފުޅުގައި އޮތީ މަންމައަކީ މުޝްރިކަކުކަމުގައިވީނަމަވެސް މައިމީހާއަށް ހެޔޮކޮށްހިތުމަށެވެ. ވީމާ ކޮންމެފަދަ ޙާލަތެއްގައިވެސް މައިމީހާއަށް ހެޔޮކޮށް ހިތާށެވެ! އެކަމުން ލިބެން އޮތް ޘަވާބާއި ދަރުމަ ލިބިގަންނާށެވެ! 

އަހުރެންގެ ވިސްނުމަށް ބުރަވެ ބުނެވެން އޮތީ ތިމާއަށް ހެޔޮކޮށް ނުހިތާ މައަކަށް ހެޔޮކޮށް ހިތުމުން ދެއްވަވާނެ ޘަވާބާއި ދަރުމަ އެތައް ގުނައަކަށް އިތުރުވާނެއެވެ! އިން ޝާ ﷲ. ނަމަވެސް އެ ނިޢްމަތް ލިބޭނީ ހިތުގެ އިޙްޞާޞްތައް ބަހާއި ޢަމަލުން ނުދައްކައި އެކަންކަން މަންމައަށް ހާމަނުކޮށް ހެޔޮކޮށް ހިތުމުންނެވެ. 

Narrated Asma':

"My mother who was a Mushrikah (pagan, etc.), came with her father during the period of peace pact between the Muslims and the Quraish infidels. I went to seek the advice of the Prophet (ﷺ) saying, "My mother has arrived and she is hoping (for my favor)." The Prophet (ﷺ) said, "Yes, be good to your mother."

Saheeh Bukhaari: 5979

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
16%
ރަނގަޅު
33%
އޯކޭ
25%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް