އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޘައިޠޯނާ ދުރަށްފަންސާނެ މަގު

ޘައިޠޯނާ ދުރަށްފަންސާނެ މަގު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

އިންސާނާ އުފަންވީންސުރެ އޭނާއާއިއެކު ޝައިޠޯނާވެއެވެ. އޭނާ ލައްވައި ފާފަކުރުވަން މަސައްކަތްކުރެއެވެ. އެހެނަސް އެމީހަކު ﷲ ތަޢާލާ ހަނދުމަކުރުމުން އެމީހާ ދޫކޮށްދުރަށްދެއެވެ. އެމީހަކީ ﷲ ހަނދުމަނުކުރާމީހަކު ކަމުގައިވެއްޖެނަމަ އެމީހަކާއިއެކު ޝައިޠޯނާ ލައްލަވަވައެވެ. އެމީހާގެ ހިތަށް ޝައިޠޯނާ ވެރިވެގަނެއެވެ. 

ގިނަގިނައިން ޛިކުރުކޮށް ﷲ ތަޢާލާ ހަނދުމަކުރާ މީހަކުކަމުގައިވާށެވެ! އެއިރުން އެމީހެއްގެ ހިތުން ޝައިޠޯނާއަކަށް ޖާގައެއް ނުލިބޭނެއެވެ. ޝައިޠޯނާގެ ވަސްވާސްތަކުގެ ސަބަބުން ފާފައެއް ކުރެވުނު ނަމަވެސް ފާފަކުރެވުމާއިއެކު ހިތުގައިބިރުވެރިކަން އުފެދި ތައުބާވުމަށް އަވަސްވެގަނެވޭނެއެވެ. 

ފާފަކުރެވުން ގިނަވެ ފާފަކުރަން ބިރުވެތިނުވެވެނީ ﷲ ތަޢާލާގެމަތިން ހަނދުމަނުކުރެވޭތީއެވެ. ﷲ ތައާލާގެ މަތިންް ހަނދުމަނެތި ގިނައިރުވާފަދަ ކަންކަން ނުކުރާށެވެ. އެފަދަ ކަންކަމުގައި ބައިވެރިވެސް ނުވާށެވެ! އެހެނީ ﷲ ތަޢާލާގެމަތިން ހަނދުމަނުކޮށް ގިނައިރުވުމުން އެމީހެއްގެ ހިތަށް ވެރިވެގަތުމަށް ޝައިޠޯނާއަށް ފރުޞަތުލިބި މަގުފަހިވެގެންދެއެވެ. 

ވާހަކަދައްކާއިރު ގިނަގިނައިން އަލްޙަމްދުލިﷲ، މާޝާﷲ، އިން ޝާ ﷲ ފަދަ ކަލިމަތައް ބޭނުންކުރާށެވެ! އެކަލިމަތަކީ ހަމައެކަނި ދުލުންކިޔާ އެއްޗަކަށްނުހަދައި ހިތުންކިޔާއެއްޗަކަށް ނުހަދާށެވެ! މީހަކު ނުބައިބަހެއް ބުނެފިނަމަ ވިއްދައިގެން އަޢޫޛްބިﷲ ކިޔައި ޝައިޠޯނާގެކިބައިން ރައްކައުތެރިކަމަށް އެދޭށެވެ! ގިނަގިނައިން އަޢޫޛް ކިޔުމަކީ ޝައިޠޯނާގެ ކިބައިން ސަލާމަތްކަން ލިބޭކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް