އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭކާރުގޮތުގަ ކޮފީމޭޒުތަކުގަ ވަގުތު ހޭދަކުރާ މީހުން އެތިބެނީ ޝައިޠޯނާގެ ބެލުމުގެދަށުގަ!

ބޭކާރުގޮތުގަ ކޮފީމޭޒުތަކުގަ ވަގުތު ހޭދަކުރާ މީހުން އެތިބެނީ ޝައިޠޯނާގެ ބެލުމުގެދަށުގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއްކުރުމުގެ ބޭނުމުގައި މީހަކު ގެއިން ނުކުމެއްޖެ ނަމަ އެމީހާ އެނބުރިގެއަށް ވަންނަދެން މަލާއިކަތަކު އެމީހާއަށް ހިމާޔަތްދެއްވަވައެވެ. ހަމައެފަދައިން ﷲ ތައާލާ ރުހިވޮޑިނުގަންނަވާ ޢަމަލެއްކުރަން ގެއިން ނުކުމެއްޖެނަމަ އެމީހާ އެނބުރިގެއަށް ވަންނަންދެން އެމީހާ ބަލަހައްޓަނީ ޝައިޠޯނާއެވެ. 

އެމީހަކު ދިރިއުޅޭ ގެއިން ނުކުންނަންވާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަންކަން ކުރުމަށެވެ. މަލާއިކަތުންގެ ހިމާޔަތް އެމީހަކަށް ލިބޭނީ އެއިރުންނެވެ. މަލާއިކަތުންގެ ޙިމާޔަތްލިބިގެން ހުންނަ މީހަކަށް ފާފަކުރެވުމުން ސަލާމަތްކަން ލިބޭނެއެވެ. ފާފަތަކާއި ދުރުހެލިވެވޭނެއެވެ! އިން ޝާ ﷲ 

ފާފަކުރެވޭ މީހުންނަށްބަލާށެވެ! ގިނަވާނީ އެއްވެސް ބޭނުމެއް ނެތި މގުމަތީގައި އުޅޭމީހުންނެވެ. ނޫންނަމަ ނުބައި މަޤްޞަދުގައި ގެއިން ނުކުމެ އުޅޭ މީހުންނެވެ. އެފަދަ މީހުންނަށް އެތިބެވެނީ ޝައިޠޯނާގެ ބެލުމުގެދަށުގައެވެ. ޝައިޠޯނާގެ ބެލުމުގެދަށުގައި ހުންނަ މީހަކަށް ފާފަކުރެވުމަކީ ކަންބޮޑުވާކަމަކަށްނުވާނެއެވެ. 

ވަގުތު ބޭކާރުކުރުމަކީ ﷲ ތައާލާ ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ! ވީމާ ބޭކާރުގޮތުގައި ކޮފީމޭޒުތަކުގައި ވަގުތު ހޭދަކުރުމުގެ ނުބައިކަންބޮޑުވަނީ އެހެންވެގެންނެވެ. އެތަންތަނުގައި ތިބެ، ޣީބަބުނުމާއި ކުރެވޭ ނުބައި ސައްލާތަކުގެ ސަބަބުން ފާފަވެރިވަމުންދާއިރު އެމީހާ އެހުންނަނީ ޝައިޠޯނާގެ ބެލުމުގެދަށުގައެވެ. 

Abu Huraira reported: The Prophet, peace and blessings be upon him, said,

“No one goes out from his house except there are two banners in hand: one in the hand of an angel and one in the hand of Satan. Verily, if he goes out for a reason Allah loves, the angel will follow him with his banner and he will continue to be under the banner of the angel until he returns home. If he goes out for a reason displeasing to Allah, Satan will follow him with his banner and he will continue to be under the banner of Satan until he returns home.”

Source: Musnad Aḥmad 8286

 

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް