އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެހާސް އެގާރަވަނަ އަަހަރު ކުރަން އުޅުނީވެސް މިހާރުކުރަން އުޅެނީވެސް ހަމަ އެއްކަމެކެވެ! - ޝައިޚް އިމްރާނާ ޢިލްމުވެރިންގެ ޖަވާބު އެއްގޮތްވާނެބާ!

ދެހާސް އެގާރަވަނަ އަަހަރު ކުރަން އުޅުނީވެސް މިހާރުކުރަން އުޅެނީވެސް ހަމަ އެއްކަމެކެވެ! - ޝައިޚް އިމްރާނާ ޢިލްމުވެރިންގެ ޖަވާބު އެއްގޮތްވާނެބާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

2011 ވަނަ އަހރުގެ އޮގަސްޓުމަހުގެ މަހުގެ ފަހު ދިހައިގެ ތެރޭގައި އެއިރުގެ ޓްރޭޑް މިނިސްޓްރީން ނިންމައި ގެޒެޓްކުރީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުން ހުއްދަކުރުމަށެވެ. މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ ވެސް ހަމައެއްކަމެއް ކުރުމަށެވެ. 

ތަފާތަކީ އެއިރު އެކަންކުރީ އެކަމަށް ހުއްދަދެމުން އައި ޓްރޭޑް މިނިސްޓްރީން ކަމަށްވެފައި މިހާރު މިކަން ކުރަން މަސައްކަތް ފަށާފައިވަނީ ޤާނޫނު ހަދާ މަޖިލީހުން ކަމެވެ. ތަން ތަފާތުވިނަމަވެސް ކުރަން މިއުޅެނީ ހަމަ އެއްކަމެކެވެ. 

ރައްޔިތުންގެ ގިނަ ބައަކު މިހާރުކުރާ ސުވާލަކީ ޝައިޚް ޢިމްރާން ޢަބްދުﷲ އާއި ދިނީ ޢިލްމުވެރިންގެ ޖަވާބު އެއްގޮތްވާނެބާވައެވެ! އެއް ރޫޙެއްގައި ކުރިމަތިލާނެބާވައެވެ! ޝައިޚް އިމްރާންގެ ނަންފުޅު ޚާއްޞަގޮތެއްގައި ފާހަގަކުރަނީ އެއިރު އެކަމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ޢިލްމުވެރިންގެތެރޭގައި ހުންނަވައިގެން ޝައިޚް ޢިމްރާންކަމަށްވެފައި މިއަދު އެމަނިކިފާނު ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނެވުމުންނެވެ. ޤާނޫނީ ގޮތުން ފުލުހުންގެ ބެލެނިވެރިއަކީވެސް އެމަނިކުފާނު ކަމުގައިވާތީއެވެ! 

ޝައިޚް އިމްރާންވަނީ ކޮންމެ މަޤާމެއްގައި އެމަނިކުފާނު ހުންނެވި ނަމަވެސް އިސްލާމް ދީނާއި ޤައުމުގެ ކަންކަމުގައި ޢަމަލުކުރައްވާ ސިޔާސަތު ބަދަލު ނުކުރައްވަވާނެކަމުގެ ޔަޤީންކަން މިއަދުނޫހަށް ދެއްވައިފައެވެ. ޝައިޚް އިމްރާނަކީ މިމޭރުމުން އެމަނިކުފާނު ވިދާޅުވާ ބަސްފުޅުތަކުގައި ސާބިތުވެވަޑައިގަންވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. 

މިއަދުގެ ޚުޠުބާގައިވެސް މަސްތުވާތަކެތީގެ ހުރި ނުބައިކަމުގެ ވާހަކަ އަޑުއިވުނެވެ. ހަމައެއާއިއެކު އިސްލާމް ދީނުގައިވާ އެއްވެސް ޙުކުމަކީ 9 އަހރުންވެސް 90 އަަހރުންވެސް 900 އަހަރުންވެސް 9000 އަަހަރުންވެސް އަދި ކިތަންމެ ގިނަ އަހަރެއްފަހުންވެސް ބަދަލެއް އަންނާނެ ޙުކުމެއް ނޫންކަން އެއީ ކޮންމެ މުސްލިމަކުވެސް ޔަޤީންކުރަންޖެހޭ ކަމެކެވެ. 

https://twitter.com/i/status/1331997506008301569

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް