އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުން ދިރިއުޅޭ ރަށްރަށުގަ ބަނގުރާ ވިއްކުން ހުއްދަކުރުމުގެ ފޯރި މަޖިލީހުގަ ގަދަވަނީ! ދައްޖާލުން ފަޅާއަރަނީ!

މީހުން ދިރިއުޅޭ ރަށްރަށުގަ ބަނގުރާ ވިއްކުން ހުއްދަކުރުމުގެ ފޯރި މަޖިލީހުގަ ގަދަވަނީ! ދައްޖާލުން ފަޅާއަރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 56 ސިކުންތު

ބޮޑުދައްޖާލު ފެނުމުން އެއީ ދައްޖާލުކަން ނިތްކުރިން އެނގޭނެއެވެ! "ކާފިރު" ލިޔެވިފައި އޮންނާތީއެވެ. އިންސާނުންގެ ތެރޭގައި ތިބޭ ދައްޖާލުން ފެނުމަކުން ނޭނގެއެވެ! އެއީ ނިތްކުރީގައި ލިޔެވިފައިނުއިންނާތީއެވެ. 

ބޮޑު ދައްޖާލު ފައުޅުވުމުގެ ކުރިން ކުދި ދައްޖާލުތަކެއް ފައުޅުވާނެކަން ދަންނަބޭކަލުން އަބަދުވެސް ގެންދަނީ ހާމަކުރައްވަމުންނެވެ. 

ބޮޑު ދައްޖާލުއަރަންވާއިރަށް އޭނާއަށް ތާއީދުކުރާނެ ބައަކު އުފެއްދުމުގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރެވެމުން އަންނަކަމަށް ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެއިން ވެސް މިދަނީ ހަމައެކަންތައް ފެންނަމުންނެވެ. 

ބޮޑު ދައްޖާލުވެސް ފައުޅުވުމަށްފަހު ފުރަތަމަ ބުނާނީ އޭނާއަކީ ޢީސާގެފާނުކަމަށެވެ. ﷲ ތަޢާލާގެ ރަސޫލުބޭކަލަކު ކަމުގައެވެ. އޭނާއަށް ތާއީދުކުރާ މީޙުން ގިނަވުމުން ބުނާނީ ތިމަންނާއީ ކަލާނގެކަމަށެވެ. 

މިއަދު މަޖިލީހުންވެސް އިވުނީ ހަމަ އެޒާތުގެ ވާހަކަތަކެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދަން ޖެހިއްޖެކަމަށް ބުނެ ވަކާލާތުކުރި މެންބަރު ބުނީ އޭނާއަކީ މުސްލިމެއް ކަމަށެވެ. އެހެން އެބުނީ މުސްލިމުން ނޫން މީހުންނަށް މަޖިލީހުގެ މެންބަރުކަން ކުރެވޭނެ ގޮތަށް ޤާނޫނުގައި އަދި ނެތުމުން ކަމަށްވެދާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. 

ކަނޑިތީމު ދާއިރާގެ މެންބަރާއިވެސް ކޮށްލަން ޖެހޭ ސުވާލަކީ: 

1- މުޅި ރާއްޖެއަށް މަސްތުވާތަކެތި ޢާންމުވެ ގޭބިސީތަކަށް ވަދެފައިމިވަނީ ޢަޤީދާ ވަރުގަދަކަމުންތޯއެވެ؟ 

2- 50 އަހަރު ކުރި މަސައްކަތުންވެސް މަސްތުވާތަކެތި ނުހުއްޓުވި މިދަނީ ހުއްޓުވާނެގޮތް ފެނުނުލެއް ގިނަކަމުންތޯއެވެ؟ 

3- ރާއްޖެއަށް އެތެރެކުރާ ޑްރަގުން ދައުލަތަށް ޑިޔުޓީ ނަގާނަމަ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެއިރު ދައުލަތަށް އާމްދަނީ އިތުރުވާނެ ކަންކަމެއް ހުއްދަކުރަންޖެހޭކަމަށް ބުނަން ފަސްޖެހެނީ ކީއްވެގެންތޯއެވެ؟ 

މަޖިލީހުގައި މިހާރުވެސް ވަނީ ލިބޭ އާމްދަނީ އިތުރުކުރަން ރާއްޖޭގައި ޖުވާކުޅުން ހުއްދަކުރަން ވެސް ވާހަކަދައްކައިފައެވެ. ދެން ދެކެވޭނީ ކޮން ޙަރާމްކަމެއްގެ ވާހަކަކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. 

ތިރިގައި އެވަނީ މިއަދު ސަން އޮންލައިންގައި ހާމަކުރި ޚަބަރެއް އެއިގެ އަޞްލާއި އެއްގޮތަށެވެ. 

" ރާއްޖެއަށް އިތުރު އާމްދަނީ އާއި ކުރިއެރުމާއި ތަރައްގީ ހޯދުމަށް، މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކޭނެ ގޮތްތަކަކީ ކޮބައިކަން ހޯދަންޖެހޭ ކަމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ޝަހީމް ވިދާޅުވީ ބަޖެޓު ފާސްކޮށްގެން، ބަޖެޓުގެ ފައިދާ ރައްޔިތުންނަށް ލިބިގެން ދިއުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

އަދި ރާއްޖޭގެ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ރާއްޖެއަށް ވަންނަ ފައިސާ އިތުރުކުރަން ޖެހޭ ކަމަށާއި ރާއްޖެއަށް ވަންނަ ފައިސާ އިތުރުކުރެވޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ގެސްޓްހައުސް ހިދުމަތް ދޭން ވެސް ކުރިން ގިނަ ބަޔަކު ދެކޮޅުވިކަން ފާހަގަކުރައްވައި، މެމްބަރު ވިދާޅުވީ މިހާރު އެކަމުގެ ފައިދާ ސީދާ ރައްޔިތުންނަށް ކުރާކަމެއްކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

"ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ފެށިގެން ދިޔައީމާ އެރަށްރަށުގެ ރައްޔިތުން ކާފަރުވެގެނެއް ނުދޭ. އެ ރަށްރަށުގެ ރައްޔިތުން އެ ވިޔަފާރިއާ އެކުގައި އުޅެން މިހާރު އެދަނީ ދަސްކުރަމުން،" މެމްބަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ދުނިޔެއަށް އަންނަ ތަރައްގީއާ އެއްކޮށް ތަރައްގީވާން ޖެހޭ ކަމަށާއި އަދި ތިބި ގޮތުގައި ސިއްކަ ޖަހައިގެން ނުތިބެ ކުރިއަށްދާން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް މީހެއްގެ އަގީދާއަކީ އެހާ ބަލިކަށި އެއްޗަކަށް ވެގެން ނުވާނެ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

"މިއަދު މި ސުވާލު އުފެދެނީ ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދިނީމާ ދެން ވާނީ ކިހިނެތްތޯ؟ މިވާހަކަ އަޅުގަނޑުމެން އެބަ ދައްކަން ޖެހޭ. ކަން ކުރެވެން އޮތް ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އެއްވެސް ހާލެއްގައި އަޅުގަނޑު މިދައްކާ ވާހަކަ އޮޅުއްވާނުލާތި. އަޅުގަނޑަކީ ވެސް މުސްލިމެއްގެ ގޮތުގައި ހުރެ ވާހަކަ މިދައްކަނީ ރާއްޖެއަށް ތަރައްގީ ގެނައުމަށްޓަކައި، މި ރާއްޖެ ކުރިއަށް ގެންދިއުމަށްޓަކައި، ރާއްޖެއަށް ވަންނަ ފައިސާ އިތުރުކުރުމަށްޓަކައި ވިސްނުންތެރިކަމާއެކު ކުރިއަށް ދާން އަޅުގަނޑުމެން ވާހަކަ މި ދައްކަނީ. މި ހިޔާލުފާޅުކުރަނީ. އަޅުގަނޑުމެން މި ވާހަކަދައްކަނީ އިތުރު ވިސްނުމަކަށް ބަޔަކު ގެންދިއުމަކަށް ނޫން،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ކޮންމެ ކަމެއް ވެސް ކުރެވޭނެ ގޮތެއް އޮންނާނެ ކަމަށާއި އެގޮތް ހޯދައިގެން ރާއްޖެ ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ފަތުރުވެރިކަމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ކުރަން ފަށާފައި ވަނީ ރާއްޖޭގައި ޓޫރިޒަމް ފުޅާވެގެން ގޮސް ރާއްޖޭގެ ރަށްތަކާ ހަމައަށް އައުމުން ކަމަށާއި، އެހެންކަމުން ރާއްޖެ ކުރިއަށް ގެންދިއުމަށްޓަކައި، މި ރާއްޖެއަށް ވަންނަ ފައިސާ އިތުރުކުރުމަށްޓަކައި އެންމެން ފުންކޮށް ވިސްނަންޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

"ފުންކޮށް ވިސްނައިގެން ގޮތްތައް ހޯދައިގެން މި ރާއްޖެއަށް އިތުރު ފައިސާ ވަންނާނެ ގޮތް ނުހޯދާ އަޅުގަނޑުމެންނަކަށް މި ރާއްޖެ ތަރައްގީއެއް ނުކުރެވޭނެ،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު މިފަދަ މޭރުމަކުން ވާހަކަ ދެއްކެވި އިރު، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވެސް ވަނީ އެފަދަ ވާހަކައެއް މީގެކުރިން ދައްކަވައިފައެވެ.

ޝިޔާން ވިދާޅުވީ ރިސޯޓުތަކާ އެއްގޮތަށް ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ވެސް ބަނގުރާ ލިބެން ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ރަށުގެ ފަޅުތެރެ، ވިލު ނުވަތަ ކަނޑުމަތިން ނަމަވެސް އެ ހިދުމަތް ލިބެން ހުންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޝިޔާންގެ ވާހަކަތަކާ ގުޅިގެން އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ފަހުން ޝިޔާން ވިދާޅުވީ އޭނާ ދެއްކެވި ވާހަކައިގެ މާނަ އޮޅުވާލާފައިވާ ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ތާއީދުނުކުރާ ކަމަށެވެ.

އަދި މިއަދުގެ ޖަލްސާގައި ޝިޔާން ވަނީ އެކަމާ ގުޅިގެން މައާފަށް ވެސް އެދިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު