އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ހޯދަން ކުރެވެން ހުރި ހުރިހާކަމެއް ކުރުމުންވެސް ނުލިބުނުނަމަ ދެރަނުވެ އެހެން މީހުންގެ ދަރިންނަށް އެހިތެރިވާށެވެ!: މުފްތީ މެންކް

ދަރިން ހޯދަން ކުރެވެން ހުރި ހުރިހާކަމެއް ކުރުމުންވެސް ނުލިބުނުނަމަ ދެރަނުވެ އެހެން މީހުންގެ ދަރިންނަށް އެހިތެރިވާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ތިބާ ދަރިއަކު ބޭނުންވެއެވެ. ހޯދަން މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް ނުލިބުނެވެ. ނިކަން ވިސްނައިލަބަލާށެވެ! އެކަމުގައި އިތުރަށް އަމިއްލައަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އެހާލަތުގައި އޮތީ މާޔޫސްވުމެއް ނޫނެވެ. އަވަހަށް އެހެން މީހުންގެ ދަރިންނަށް އެހީތެރިވާ މީހަކަށްވާށެވެ! ތިބާއަށް އެންމެ ހެޔޮކަންބޮޑު ފައިދާހުރި ގޮތަކީ އެއީ ކަމަށް ޤަބޫލުކުރާށެވެ. 

އެހެން މީހުންގެ ދަރިންނަށް އެހީތެރިވުމަށް ވިސްނާނަމަ ފުރަތަމަ އިސްކަން ދޭންވާނީ އަމިއްލަ ޢާއިލާޢަށެވެ. ދަތިހާލުގައި ބައަކު އުޅޭނަމަ އެމީހުންގެ ދަރިންނަށް އެހީތެރިވުމަށެވެ. އަމިއްލައަށް ގެންގުޅެ ބޮޑުކުރަން ނަމަވެސްމެއެވެ. ބޭރުން ކުއްޖަކު ހޯދަންވާނީ ޢާއިލާގެ ތެރެއިން ނުލިބުނު ނަމައެވެ.   

ހަމައެޢާއިއެކު ޔަތީމްކުދިން ބަލަހައްޓާ ތަންތަނަށް ގޮސްގެން ވެސް އެހީތެރިވެވިދާނެއެވެ. ކުދިން ބަލައިވެސް ދެވިދާނެއެވެ. ޚަރަދުވެސް ކުރެވިދާނެއެވެ. ކެރިފޯރުންތެރިކަން ހުރިނަމަ ދެކަންތައްވެސް ކުރެވިދާނެއެވެ. 

މިވާހަކަތައް ދައްކަން މިޖެހެނީ ދަރިން ނުލިބުމުގެ މައްސަލައިގައި ބައެއް މީހުން މާޔޫސްވަމުން ގޮސް ދުނިޔެމަތިންވެސް އެބަ ފޫހިވެއެވެ. ކައިވެނި މަތިންވެސް އެބަފޫހިވެއެވެ. މިގޮތަށް ދަމުން ގޮސް ބައެއް ފަހަރު ނަފްސާނީ ބައްޔަކަށްވެސް ވެގެން އެބަދެއެވެ. އެހާލަތުތައް މެދުވެރި އެވަނީ ހަމަ އީމާންތެރިކަން ކުޑަވުމުންނެވެ. ﷲ ތަޢާލާއަށް ކުރެވޭ އިތުބާރު ކުޑަވުމުންނެވެ. 

މިގޮތަށްވެސް ވިސްނައިލަބަލާށެވެ! ﷲ ތަޢާލާ ތިބާއަށް ދަރިއަކު ނުދެއްވެވީ ދެއްވަވައިފިނަމަ ތިބާގެ ބޮލުގައި އަޅަންޖެހޭ ޒިންމާ ބޮޑުވެ އެކަމުން ތިބާ ފާފަވެރިވެދާނެ ކަމަށްޓަކައި ކަމަށްވެސް ވެދާނެ ނޫން ހެއްޔެވެ؟ ޣައިބު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ނޫން ހެއްޔެވެ؟ 

ކޮންމެ މީހަކީވެސް އަމިއްލަ ދަރިން ބޭނުންވާނެ މީހެކެވެ. ދަރިން ލިބުން ލަސްވާނަމަ ހޯދަން މަސައްކަތްވެސް ކުރެވޭނެއެވެ. ކުރަންވެސް ޖެހޭނެއެވެ. އެގޮތުންވެސް ދަރިއަކު ނުލިބިއްޖެނަމަ ހަޔާތާއިމެދު މާޔޫސް ނުވާށެވެ! އެހެނީ އެއިގެ މާނައަކީ ތިބާއަށް ދަރިން ލިބުމަށްވުރެ ނުލިބުން ރަނގަޅުވުމެވެ. އެއީ އަހަރެމެން އަމިއްލައަށް ކަނޑައަޅާ ކަމެއް ނޫނެވެ. އެކަން ކަނޑައަޅުއްވަވަނީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާއެވެ. 

ވިސްނައިލާށެވެ! އެތައް ބައިވަރު ދަރިން ތިބެމެ މައިން ބަފައިންނަށް އެއްވެސް އެހީތެރިކަމެއް ފޯރުވައި ނުދީވެސް އެބައުޅޭ ނޫން ހެއްޔެވެ؟ އަދި މުސްކުޅިވާ ދުވަހު އަޅައިވެސް ނުލައި މަގުމަތިވެސް ކޮށްލަނީ ނޫންހެއްޔެވެ؟ ވީމާ އަމިއްލައަށް ދަރިއަކު ނުލިބުމަކީ ތިމާއަށް ކުރިމަތިވި އެންމެ ބޮޑު މުޞީބާތް ކަމުގައި ހީނުކުރާށެވެ! އަދި އެއީ ތިބާއަށް އެންމެ ރަނގަޅު ގޮތް ކަމުގައި ޤަބޫލުކުރާށެވެ! އެއިރުން ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެންދާނެއެވެ!

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް