އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމުން އެއްޗަކާ ދުރުހެލިވާންޖެހޭ ތަކެތީގެ ސިފައިގައި ހުންނަތަކެތި ކުދިން ކުޅެންވެސް ނުދޭށެވެ!

މުސްލިމުން އެއްޗަކާ ދުރުހެލިވާންޖެހޭ ތަކެތީގެ ސިފައިގައި ހުންނަތަކެތި ކުދިން ކުޅެންވެސް ނުދޭށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

މިހާރަކަށް އައިސް ކުއްތާ އާއި އޫރާއި އެނޫންވެސް މުސްލިމުން އެއްޗަކަށް ލޯބިކޮށްގެން ނުވާނެ ތަކެތީގެ ސޫރައިގައި ހަދާފައި ހުންނަ ތަކެތި ދަރިން ކުޅެން އެބަ ގަނެދެވެއެވެ. މިއީ ކުރުން ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ އެކަމުގެ ސަބަބުން ކުދިންގެ ހިތުގައި އެފަދަ ތަކެއްޗަށް ލޯބި އުފެދެއެވެ. 

މުސްލިމުން އެއްޗަކަށް ލޯބިކޮށްގެން ނުވާނެ، ބީހިހަދައިގެން ނުވާނެ ތަކެއްޗަށް ކުދިންގެ ހިތުގައި ލޯބި އުފެދޭކަންކަން ކޮށްގެން ނުވާނެއެވެ. ތުއްތުއިރު ކުދިންގެ ހިތުގައި ޝައުޤުވެރިކަމާއި ލޯބި އުފެދޭކަންކަން އެކުދިން ބޮޑުވުމުންވެސް ހަނދާނަހުރެއެވެ. ޝައުޤުވެރިކަން އުފެދެއެވެ. އެކަންކަމަށް ލޯބިހުރެއެވެ. 

އެކަމުގެ ހެކިތައް ފެނެއެވެ. ބައެއް ކުޑަކުދިންނަށް ކުއްތާ ފަދަ މުސްލިމުން އަތްލުން ޙަރާމްތަކެތި ފެނުމުން ގޮސް ބީހިފިރުމާލައިހަދައެވެ. އެކަމުން އެނގެނީ އެކުދިން ތަރުބިއްޔަތުކުރުމުގައި އެކަންކަމަށް ސަމާލުކަންދެވިފައިނުވާކަމެވެ. 

ވިސްނަންޖެހޭ ކަމަކީ ކުދިންނަށް އެންމެ މުހިންމީ ތުއްތުއިރު ދެވޭ ތަރުބިއްޔަތުކަމެވެ. ދަސްކޮށްދެވޭ އާދަތައްކަމެވެ. އެއީ ރަނގަޅު އާދަތަކެއްނަމަ އެކަމުގެ ފައިދާ ކުއްޖާގެ މުޅި އުމުރަށްވެސް ކުރާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް